ދިވެހި ބަހުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ ބޭފުޅަކަށް، ޑރ. އައިމިނަތު ޒާހިރު ވެވަޑައިގެންފި އެވެ.
އިއްޔެ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވަނީ ޑރ. އާމިނަތު ޒާހިރަށް އެ ސަނަދު އަރުވާފަ އެވެ. އޭނާ ފުރިހަމަކުރެއްވީ ގައުމީ ޔުނިވަސިޓީން 2019 ވަނަ އަހަރު ފެށި ޕީއެޗްޑީ ޕްރޮގްރާމެވެ.
ޑރ. އާމިނަތު ޕީއެޗްޑީގެ ތީސީސް ލިޔުއްވާފައި ވަނީ ވެސް ދިވެހި ބަހުންނެވެ. "ދިވެހި ބަހުގެ ސިޔާސަތާއި ދިވެހި ބަހުގެ ރޭވުން އެކުވިދާތުގެ ވޭދަނަ ދިރާސާ"ގެ ނަމުގައި އޭނާ ތީސީސް ބިނާކުރެއްވީ ދިވެހި ބަހުގެ ސިޔާސަތާއި ރޭވުންތެރިކަމުގެ މައްޗަށެވެ.
ޑރ. އާމިނަތު ވަނީ އޭނާގެ ތީސިސް އެމްއެންޔޫގެ ލައިބްރަރީއަށް ހަދިޔާ ކުރައްވައިފަ އެވެ.
ދިވެހި ބަހުގެ ޑިގްރީ ކޯސް 2009 ވަނަ އަހަރު ފުރިހަމަކުރެއްވުމަށްފަހު، ބަހާއި ސަގާފަތުގެ ދާއިރާއިން އޭނާ ވަނީ މާސްޓާސް ފުރިހަމަކުރައްވާފަ އެވެ.
އޭނާ އަކީ މިހާރު ވެސް އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ސީނިއާ ލެކްޗަރާއެކެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ އާމިނަތު ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވުމަކީ ދިވެހި ބަހާއި ގައުމީ ސަގާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ދިވެހިބަހުގެ މުހިންމުކަމާއި އެފަދަ ކާމިޔާބީތަކުގެ ސަބަބުން ބަހަށް ދިރުމާއި ކުރިއެރުމުގެ ލިބިގެންދާނެ ކަމަށް ވެސް އާދަމް ނަސީރު ވިދާޅުވި އެވެ.
 މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
			މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
		 ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
			ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
		 ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
			ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					