އިނގިރޭސިވިލާތުގެ ރަަސްގެފާނު ޗާލްސްގެ ކޮއްކޯފުޅު، އެންޑްރޫގެ ޝާހީ ލަގަބުތަކާއި ގަނޑުވަރު އަތުލައްވައި، ޝާހީ އާއިލާއިން އޭނާ ބޭރު ކޮށްލައިފި އެވެ.
މި ކަން އިއުލާނު ކުރަމުން، އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު، ބަކިިންގްހަމް ގަނޑުވަރުން ބުނީ، ރަސްގެފާނު ޗާލްސްގެ ނިންމެވުމުގެ ދަށުން އެންޑްރޫ ގަނޑުވަރުން ވެސް ބޭރު ކޮށްފައިވާ ކަމުގައެވެ.
ޕްރިންސްގެ ލަގަބު އަތުލުމުން، އެންޑްރޫއަށް މިއަށް ފަހު މުހާތަބު ކުރެވޭނީ އޭނާގެ ފުރިހަމަ ނަންކަމުގައިވާ އެންޑްރޫ މައުންޓްބެޓަން ވިންޑްސާ ގެ ނަމުންނެވެ.
ޝާހީ އާއިލާއާއި ގަނޑުވަރުން އެންޑްރޫ ބޭރު ކުރައްވަން ރަސްގެފާނު ޗާލްސް ނިންމަވާފައި ވަނީ، އެންޑްރޫއާއި ޖެފްރީ އެޕްސްޓީނާ ދެމެދު އޮތް ގާތް ގުޅުންތައް މީޑިޔާއަށް ތިލަވެ، އެންޑްރޫއާ ދެކޮޅަށް ޖިންސީ ކުށުގެ ދަޢުވާތަކެއް ހުށަހެޅިފައި އޮތުމާ އެކު، އެ ލަދުން ޝާހީ ޢާއިލާ ސަލާމަތް ކުރައްވައި، ފެޔަށް ޖެއްސެވުމުގެ ގޮތުންނެވެ.
އެޕްސްޓީނަކީ އިންސާނީ ވަގުފާރީގައި ކުޑަ އަންހެން ކުދިން ބޭނުން ކުރުމާއި، ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުން ކުރުމުގެ ދަޢުވާ ސާބިތުވެފައިވާ ކުށްވެރިއެކެވެ. އެކަމުގެ ކުށް ސާބިރުވެ އޭނާ ވަނީ 13 އަހަރުގެ ޖަލުހުކުމެއް ހިއްވައި ޖަލަށް ލާފަ އެވެ. އޭނާ މަރުވީ ވެސް ޖަލުގޮޅިގައި އމިއްލަ އަށް ދަންޖެހިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
65 އަހަރުގެ އެންޑްރޫއަކީ ރާނީ އެލިޒަބަތުގެ ދެވަނަ ފިރިހެން ދަރިފުޅެވެ. އެޕްސްޓީނާއި އެންޑްރޫއާ ދެމެދު އޮތް ގާތް ގުޅުންތައް ދުނިޔޭގެ ލޯމައްޗަށް ހާމަވުމާ އެކު، ޑޫކް އޮފް ޔޯކްގެ ލަގަބު ދޫކޮށްލުމަށް އެންޑްރޫއަށް ކުރިން މަޖުބޫރުވިއެވެ. ބަކިންގްހަމް ގަނޑުވަރުން ބުނީ، އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގުގައި ހުންނަ ޝާހީ ގަނޑުވަރު، ވިންޑްސަރ އެސްޓޭޓްގައި ހުރި ރޯޔަލް ލޮޖުން ނިކުތުމަށް އެންޑްރޫއަށް ރަސްމީކޮށް އަންގާފައިވާނެ ކަމުގަ އެވެ.
ޝާހީ ގަނޑުވަރުން އެންޑްރޫ ބޭރު ކުރެއްވުމަކީ މި ވަގުތު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ރަސްގެފާނު ޗާލްސް ފަހުގެ ތާރީހެއްގައި ނިންމަވާފައިވާ އެންމެ އާދަޔާހިލާފު ނިންމެވުމުގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެ އެވެ.
އެންޑްރޫއަކީ ކުރިން އިނގިރޭސިވިލާތުގައި އަސްކަރިއްޔާގެ ކަނޑުގެ ސިފައިންގެ ގޮފީގައި ހިދުމަތް ކޮށްފައިވާ އިސް އޮފިސަރެކެވެ. އަދި، 1980ގެ އަހަރުތަކުގެ ތެރޭގައި އާޖެންޓީނާއާ ދެކޮޅަށް ކުރި ފޯކްލެންޑްސް ހަނގުރާމައިގައި ވެސް އިސް ދައުރެއް އަދާ ކޮށްފައިވާ މީހެކެވެ. އަދި، އިނގިރޭސިވިލާތުގެ ވިޔަފާރީގެ ދާއިރާގެ ސަފީރު ކަމުގެ މަޤާމު ވެސް އޭނާ ފުރި އެވެ. ނަމަވެސް، 2011ވަނަ އަހަރު އޭނާއަށް ވަނީ އެ މަގާމުން ވެސް ވަކިވުމަށް މަޖުބޫރުވެފައެވެ.
ޝާހީ އާއިލާގެ އެންމެހައި ޒިންމާތަކުން އެންޑްރޫ އެކަހެރިވެފައި ވަނީ 2019ވަނަ އަހަރުއެވެ. އަދި، 2022ވަނަ އަހަރުގެ ޖަނަވަރީ މަހު ޝާހީ ގަނޑުވަރުން ވަނީ އެންޑްރޫގެ އަސްކަރީ ލަގަބުތައް ވަކިކޮށް، ޝާހީ ގަނޑުވަރުގެ ހުރިހާ ބާރުތަކެއް ވެސް އަތުލާފަ އެވެ.
ޝާހީ ގަނޑުވަރުން އެ ގޮތަށް އަމަލު ކޮށްފައި ވަނީ ރާނީ އެލިޒަބަތު އަވަހާރަވެ ވަޑައިގެންނެވުމުގެ ކުރިން، ރާނީގެ އަމުރަށެވެ. އެންޑްރޫގެ ލަގަބުތައް ވަކިކުރައްވައި، އޭނާ އެކަހެރި ކުރުމަށް ރާނީ އަމުރު ކުރައްވާފައި ވަނީ 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގާފައިވާ ކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލުމާ ގުޅިގެންނެވެ. އެންޑްރޫ ދަނީ އެ ތުހުމަތަށް އިންކާރު ކުރަމުންނެވެ.
ތާޖު މަހަލްއަކީ ހިންދޫންގެ ފައްޅިއެއް ކަމަށް ދައުވާކުރާ ސަބަބު!
ހަނގުރާމައަށް ފަހު ގާޒާގެ ބޭންކްތައް ހުޅުވި އިރު ފައިސާއެއް ނެތް
ޝާހުއާއި ސަލްމާންއާ ބެހޭގޮތުން ޕްރިތީ ބުނީ ކީކޭ؟