ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މުއާ އުފުލާ ފެރީގެ ހިދުމަތް ފެށުމަށް ދެ ގައުމުން މަޝްވަރާކޮށްފި އެވެ.
ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެކަމުގެ މަޝްވަރާތައް ކުރިއަށްގެންގޮސްފަ އެވެ.
ލަންކާ ހައިކޮމިޝަންގެ މުވައްޒަފަކާ ހަވާލާދީ ސްރީލަންކަން ގާޑިއަންގައި ރިޕޯޓްކޮށްފައިވާގޮތުގައި ފެރީ ދަތުރު ކުރަން ގާތްގަނޑަކަށް 30 ގަޑިއިރު ހޭދަވާނެތީ، އެ ހިދުމަތް ފެށުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.
އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. އެ ދަތުރުފުޅުގައި ވެސް މިކަމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ.
ލަންކާ އަކީ މިހާރު ވެސް ރާއްޖެއަށް ގިނަ އަދަދަކަށް މުދާ އެތެރެކުރަމުންދާ ގައުމެކެވެ. ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނިން ވެސް އެ ގައުމުން ރާއްޖެއަށް މުދާ އެތެރެކުރެ އެވެ.
ގިނަ އަހަރުތަކަކަށްފަހު އަތޮޅު އޮފީސްތައް އުފައްދަނީ
ސަލްމާންއަށް ކުރެވުނު "މަރުގެ" ތަޖުރިބާއެއް ހިއްސާ ކޮށްފި
އެމިލީއާއި ސްޓޭންލީށް ހޮލީވުޑް "ވޯކް އޮފް ފޭމް"ގެ ތަރިއެއް!
