ޑާކްރެއިން އެންޓަޓެއިންމަންޓުން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭ ފިލްމު "އަލްވަދާއު"ގެ ޓްރެއިލާ މިއަދު ހެނދުނު ރަސްމީކޮށް ނެރެފި އެވެ.
ގާތްގަނޑަކަށް މިނެޓެއްހާއިރުގެ ދިގު އެ ޓްރެއިލާގައި ބެލުންތެރިންނަށް ތަފާތު އިހުސާސްތަކާއި ޖަޒުބާތުތައް ގެނެސްދޭކަން ފާހަގަ ކޮށްލެވެ އެވެ.
ޓްރެއިލާ ފެށެނީ ފިލްމުގައި މަރިޔަމް މަޖުދާ ދައްކުވައިދޭ ކެރެކްޓަރަށް އޭނާގެ ލޯބިވެރިޔާ ކައިވެނި ހުށައަޅާ ހިސާބުންނެވެ. އެހެން ނަމަވެސް އެކްސިޑެންޓެއްގެ ސަބަބުން ފުރޮޅުލީ ގޮނޑިއެއްގައި މަޖުދާ ބަނދެވި އެ ގުޅުން ނިމުމަކަށް އާދެ އެވެ.
އޭގެ ފަހުން ދެން ދައްކުވައިދެނީ މަޖޫގެ ކެރެކްޓަރުގެ ހަޔާތަށް ދެވަނަ ފަހަރަށް ލޯބި އަންނަ މަންޒަރެވެ. ޝަރަފް އަބްދުﷲ ދައްކުވައިދޭ ކެރެކްޓަރަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް ބޭނުންވާ އަޅާލުމާއި ލޯބި ދޭ ކެރެކްޓަރެކެވެ.
މުޅި ޓްރެއިލާއަށް ބަލާއިރު ހިތާމައާއި ހިތްދަތިކަމުގެ އިތުރުން ވެސް އާ އުއްމީދުތަކާއި އުފާވެރިކަމުގެ އިހުސާސްތައް ވެސް ގެނުވައިދެ އެވެ.
އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ އެ ފިލްމުގެ ޓިކެޓު މިހާރު ވިކެމުން އަންނައިރު ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ފިލްމުގެ ޓީމުން ބުނެ އެވެ.
ހަރަދު ކުޑަކުރުން މިހާރު އިބިލީހުގެ ކައިވެންޏަށް ވެއްޖެ
ހަވާއެރުވުމާއެކު ހަނިމާދޫ އެއާޕޯޓް މިރޭ ހުޅުވަނީ
ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް އެއްކޮށް ނުނިމެނީސް ހުޅުވައިފި