މާލޭގައި ޕީއެންސީގެ ބޮޑު ޖަލްސާ މާދަމާ ރޭ އޮތުމުން ހުޅުމާލޭގައި ބާއްވަން ނިންމި ސަލަފު ޖަމިއްޔާގެ ދީނީ ދަރުސް ފަސްކޮށްފި އެވެ.
ސަލަފު ޖަމިއްޔާގެ ފޭސްބުކު ޕޭޖްގައި ވަނީ އެ ދަރުސް އެހެން ރެއަކަށް ފަސްކުރިކަން އަންގައި ޕޯސްޓެއް ކޮށްފަ އެވެ. ނަމަވެސް ދެން ދަރުސް އޮތީ ކޮން ރެއެއްގަ ކަމެއް ނާންގަ އެވެ.
އެއީ އެޗްޑީސީއާ ގުޅިގެން ބާއްވަން ނިންމި ދަރުހެކެވެ. މިކަމާ ގުޅިގެން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ދަރުސް ފަސްކުރީ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ އިވެންޓެއް އޮތުމުން ކަމަށެވެ.
މިކަމާ ގުޅިގެން ސަލަފް ޖަމިއްޔާގެ ބަހެއް އަދި ނުލިބެ އެވެ.
މާދަމާ ރޭ ޕީއެންސީން ބޮޑު ޖަލްސާއެއް ބާއްވަނީ ސަރުކާރަށް ދެ އަހަރު ފުރޭތީ އެކަން ފާހަގަކުރުމުގެ ގޮތުންނެވެ.
ފަޅުރަށެއް ކަމަށް ނިންމި ހިރިމަރަދޫއަށް 2 ޕޮލިޓިކަލް ޑިރެކްޓަރުން
އަދި އެއް އެޕިސޯޑު؟ ދަންވަރު "ބިންޖް ވޮޗް" ކުރުމުގެ ނުރައްކާތައް!
މާލޭގައި އެކްސިޑެންޓެއް ހިނގައި ސީރިއަސް އަނިޔާތަކެއް
