ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރިއިރު، އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓްގައި އެ މައްސަލައާ ގުޅޭ އެތައް ކަމެއް ފާހަގަކޮށްފައި އޮތެވެ.
އޮޑިޓް އޮފީގެ ވެބްސައިޓުން މިހާރުވެސް ފެންނަން ހުރި އެ ރިޕޯޓްގައިވާގޮތުން ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއު ޕްލޭން ކުރުމުގެ މަރުހަލާއާއި ނިޒާމު ފަރުމާކޮށް އަމަލީ މަސައްކަތްކުރުމުގައި މަޝްރޫއުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކުރަން ރާވާފައިވާ މަސައްކަތްތައް ތަންފީޒުވެފައި ނެތެވެ. އެގޮތުން އެންވަޔަރަންމަންޓު މިނިސްޓްރީން އެޕްރޫވް ކޮށްފައިނުވާ ފަރާތްތަކަކުން މަޝްރޫއުގެ ބައެއް މަސައްކަތްތައް އިންސްޕެކްޓްކޮށް އެޕްރޫވްކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އެ މަޝްރޫއަށް އެކުލަވާލައިފައިވާ ޑީޓެއިލްޑް ޑިޒައިން ރިޕޯޓަށް ކޮންޑިޝަނަލް ހުއްދައެއް ދޫކޮށްފައިވާއިރު، އެ ހުއްދައިގައި ރިޕޯޓަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތަކާއި އިތުރު މައުލޫމާތު ހިމަނަން ޖެހޭކަމަށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް އެކަންކަން އިސްލާހުކޮށްފައިވާކަން އެނގެން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އެ މަޝްރޫއަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
އޮޑިޓް ރިޕޯޓްގައި ވަނީ އެ މަޝްރޫއަށް ކަނޑައަޅާފައިވާ އީއައިއޭ ރިޕޯޓާ ހިލާފަށް މަޝްރޫއުގެ ބައެއް މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެގޮތުން އީއައިއޭގައި ބަޔާން ކޮށްފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ނަޖިސް ބޭރުކުރުމަށް އައުޓްފޯލް ހޮޅި އަޅައިފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
މީގެއިތުރުން ކަނޑައަޅާފައިވާ ފުން މިނުގައި ހޮޅި އަޅާފައިނުވުމާއި ނުވާކަން އޮޑިޓަށް ވަނީ ފާހަގަވެފަ އެވެ. އެކަމުގެ ސަބަބުން ތިމާވެށީގެ ގޮތުން މުހިންމު ކަނޑުގެ ސަރަހައްދަކަށް ނަޖިސްބޭރުވާގޮތަށް ހޮޅިއަޅައިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އޮޑިޓުން ފާހަގަވި ބައެއް އިތުރު ކަންކަން
- 2023 ފެބްރުއަރީ ގައި ނަރުދަމާ ނިޒާމުގެ އައުޓްފޯލް ހަލާކުވެ ރަށުގެ ފަރު މައްޗަށް އުރިފައިވުން
- ރަށުގެ ފަރުމައްޗަށް ނަޖިސް ބޭރުވެފައިވުން.
- އީއައިއޭގައި ބަޔާން ކޮށްފައިވާ ސަރަހައްދު ނޫން އެއަށްވުރެ ބޮޑު އެހެން ސަރަހައްދެއްގައި ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމާއި ވެކިއުމް ސްޓޭޝަން ގާއިމުކޮށްފައިވުން
- ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަތުމަށް އީއައިއޭގެ ދަށުން ހުށަހަޅަން ޖެހޭ މޮނިޓަރިން ރިޕޯޓުތައް ހުށަހަޅާފައިނުވުން
- އީއައިއޭގައި ވެއްޓަށް ލިބޭނެ ގެއްލުން ކުޑަކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެކަށީގެންވާ ނިޒާމެއް އެކުލަވާލެވިފައިނުވުން
މިފަދަ މުހިންމު މަޝްރޫއުތަކަކީ ގާތުން ކޯޑިނޭޓްކޮށް މޮނިޓާ ކުރަންޖެހޭ މަޝްރޫއުތަކަށް ވާއިރ،ު އެއްވެސް މުއައްސަސާއަކުން މަޝްރޫއުގެ މަސައްކަތްތައް ކޯޑިނޭޓް ނުކޮށް ހަތަރު މަސް ހޭދަވެފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
މަޝްރޫއާގުޅޭ މުހިންމު މައުލޫމާތާއި ލިޔެކިއުންތައް ބަލަހައްޓާފައި ނުވާއިރު، އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ހަވާލުކުރެވުނު މަޝްރޫއުގެ ލިޔެކިއުންތައް އެނގޭނެފަދަ ހޭންޑް އޯވާ ޑޮކިއުމަންޓް ތައްޔާރު ކޮށްފައި ނުވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
އޮޑިޓް ރިޕޯޓްގައިވާގޮތުން މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްގެންދިޔައިރު ކަމާ ގުޅޭ ސްޓޭކްހޯލްޑަރުން އެކަށީގެންވާ މިންވަރަށް ބައިވެރިކޮށްފައި ނުވުމަކީ މަޝްރޫއުގައި ދިމާވި މައްސަލަތައް އިތުރުވާން ދިމާވި ސަބަބެއް ކަމަށެވެ.
ފެނާއި ނަރުދަމާ ނިޒާމު އެކަށީގެންވާ ގޮތެއްގައި ހިންގައި މަޝްރޫއުގެ މަގްސަދު ހާސިލުވާނެގޮތަށް ރައްޔިތުންނަށް ދެމެހެއްޓެނިވި ހިދުމަތެއް ދިނުމަށް އިންސާނީ އަދި އެހެނިހެން ގިނަ ވަސީލަތްތަކެއް ހިދުމަތްދޭ ފަރާތުން ބޭނުންވާނެ ކަމަށްވާއިރ،ު އެ ވަސީލަތްތައް ފެނަކައިގައި ނެތް ކަމަށް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
"ފެނުގެ ނިޒާމުގެ ހޮޅިތަކަކީ ބިމުއަޑީގައި ވަޅުލެވިފައިވާ ތަކެތިކަމުގައި ވާއިރު، ފެން ލީކުވާ މައްސަލަ ދެނެ ނުގަނެވި ގިނަ ދުވަސްތަކެއް ހޭދަވުމުގެ ސަބަބުން، ލީކްވާ ސަރަހައްދުތަކުން ފެނުގެ ނިޒާމުގެ ތެރެއަށް ޖަރާސީމު އެތެރެވުމުގެ ހިރާސް އޮތްކަން ފާހަގަކުރަމެވެ،" އޮޑިޓް ރިޕޯޓްގައި ބުނެފައި ވެ އެވެ.
ރަށްރަށުގަ އަސާސީ ހިދުމަތް ގާއިމުކުރެވެންދެން އޭސީސީ އުވާލަންޖެހޭ
މީހަކު މަރާލި ގައިދީއަކު ހުޅުމާލެ ޖަލުން ފިލި
ހައްދުފަހަނައަޅައިދިއުމުގެ މައްސަލަ ހައްލުކުރަން ޕްރޮގްރާމެއް
