ފުވައްމުލަކުގެ ސަޕްލައި ފެން ތަޣައްޔަރުވި މައްސަލަ ހައްލުކުރުމަށް ފަހު، މިހާރު ގެތަކަށް ދޫކޮށްފައިވާ ފެން ރައްކާތެރިވާނެ ކަމަށް މޯލްޑިވްސް ފުޑް އެެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ފަހުން ހެދި ޓެސްޓުތަކުގެ ނަތީޖާ އިން އެ ފެނަކީ ރައްކާތެރި ފެންކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ފެން ނަގައި ތަހުލީލުކޮށްފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
އެ ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުގައި އެއީ ސިއްހަތާ ބެހޭ ޖަމިއްޔާގެ، ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އިއްޔެ ބުނީ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން، މޭޔަރު އިސްމާއީލް ރަފީގާއި ކައުންސިލްގެ މެމްބަރުން ފެން ޕްލާންޓަށް ޒިޔާރަތްކޮށް، ފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފެނަކައިގެ އިސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރި ކަމަށެވެ.
އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު، ދޫކުރަނީ ރައްކާތެރި ފެންކަން ޔަގީންވާނެ ފަދަ ޓެސްޓެއްގެ ނަތީޖާ ލިބިފައިނުވާ ކަމަށް ފެނަކައިން ބުންޏެވެ. އެހެންވެ، ރައްކާތެރިކަން ކަށަވަރުކުރެވެންދެން ގެތަކަށް ފެން ދޫނުކުރުމަށް އެދިފައިވާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ފުވައްމުލަކަށް އަލުން ފެން ދޭން ފެށީ ފެން ނުލިބި ދަތިހާލުގައި އެ ސިޓީގެ ރައްޔިތުން ދިރިއުޅޭތާ ތިން ދުވަސް ފަހުން ކަމަށެވެ.
އޮޑިޓް: ފުވައްމުލަކު ފެނުގެ ނިޒާމުގައި އެތައް މައްސަލައެއް!
ޕީއެންސީ ޖަލްސާއަށް ޔާމީނުގެ ގޭގެ ބެލްކަންޏަށް ހުސްގޮނޑިއެއް
