މި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލައި އަތޮޅު ކައުންސިލަރުން އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ މި ބިލްގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.
ޝުޖާއު ހުށަހެޅުއްވި އިސްލާގުގައި ވަނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރު އުނި ކުރުމަށެވެ. އެ މާއްދާގައި ބުނަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނެ އެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްއާ އެކު އެ ކައުންސިލްގައި ދެން ހިމެނެނީ އެ އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން ކަމަށް ބަޔާން ކުރެ އެވެ.
އޭގެ އިތުރުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ށ. ގައި އަތޮޅު ކައުންސިލް ބަޔާންކޮށްފައިވާ ބަސް އުނިކުރަން ވެސް އެ ބިލުގައި ހުށަހަޅާފައިވެ އެވެ. އެއީ ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނާނެސް ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް މަސައްކަތް ކުރާ ކަމަށް އިދިކޮޅު އެމްޑީޕީން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން ކައުންސިލުތަކަށް ވިޔަފާރި ކުރުމަށް ލިބިދީފައި އޮތް ބާރު ވެސް ވަނީ މި ސަރުކާރުން ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.
ހެޑްސެޓުތަކުން އިވުމުގެ ހިއްސަށް ގިނަ ގެއްލުންތަކެއް!
މުވައްޒަފުންގެ މުސާރަތައް އެއްފަހަރާ ބޮޑު ނުކުރަން ލަފާދީފި
ފައިސާ ދީގެން މީހުން ގެނެސް އެއީ ތާއީދުކަމަށް ދެކުމަކީ މޮޔަކަމެއް