ދައުލަތުގެ ހަރަދުތައް މިހާރު ހުރި މިންވަރަށްވުރެ 40 ޕަސެންޓު ކުޑަކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ ހަރަދު ބޮޑުވާނެހެން ކަންކަން ކުރުމަކީ ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކުރަންޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ އަންނަ އަހަރު ރާއްޖެއިން ދަރަންޏަށް އެއް ބިލިއަން ޑޮލަރު ދައްކަންޖެހިފައިވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވޭ މި ހަރަދު، ދައުލަތުގެ ޚަރަދު މިހާރު ހުރި ވަރަށްވުރެ ގާތްގަނޑަކަށް 40 ޕަސެންޓު ކުޑަކުރަން. އެއީ ސަބަބަކަށް ވަނީ އަޅުގަނޑުމެންގެ މި ވަގުތު މި ހުރި ލިބޭ ފައިދާއަށް ބަލައިލާއިރުގައި އަޅުގަނޑުމެން ކުރަންޖެހޭ ޚަރަދަކީ ލިބޭ އެއްޗަކާ އެއްވަރުގެ ޚަރަދަކަށް ވާއިރުގައި އަޅުގަނޑުމެންނަކަށް އިތުރު އެއްވެސްކަމެއް ރިޒާވެއް ކުރެވޭނެ ގޮތެއް ނެތް. އަޅުގަނޑުމެންގެ ރިޒާވް މި އޮތީ ވަރަށް ދަށުގައި. އެހެންވީމާ މި ރިޒާވް އަޅުގަނޑުމެން ހަމަޖައްސާކަމުގައިވާނަމަ އަޅުގަނޑުމެން ޖެހޭނީ އަޅުގަނޑުމެންގެ ޚަރަދުތައް ކުޑަކުރަން،" ސިޔާމް ވިދާޅުވި އެވެ.
މީގެއިތުރުން ސަރުކާރުން ބޭރުގައުމުތަކުގެ އެމްބަސީތަކަށް ކުރާ ހަރަދުތައް ވެސް އިންތިހާއަށް ބޮޑުކަން ކަންބޮޑުވުމާއެކު ސިޔާމް ފާހަގަކުރެއްވި އެވެ.
ނުރައްކާތެރި އެކްސިޑެއްންޓެއް ހިނގައި 42 އުމްރާވެރިން މަރުވެއްޖެ
ބްރިޓްނީ މިފަހަރު ފެނުނީ ކިމްއާއި ކްލޯއީއާ އެކުގައި!
ޣައިރުގާނޫނުގައި މަތިއަޅަން ވެސް ހުށަހެޅީ ގާނޫނާހިލާފު އިސްލާހެއް
