ހދ. ތީފަރިދޫގައި ހުންނަ ކުކުޅު ފާމުން ތާޒާ މުށި ބިސް މާލެ ގެނެސް ހެޔޮއަގުގައި ވިއްކަން ފަށައިފި އެވެ.
ތީފަރިދޫގައި ކުކުޅު ފާމް ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ކުކުޅު ބިސް އަޅާތާ ހަފުތާއެއްގެ ތެރޭގައި މާލެ ގެންނަ ކަމަށެވެ.
"މިތަނުގައި ކުކުޅު ގެންގުޅެނީ ކޮށީގައި ބަންދުކޮށްގެނެއް ނޫން. ހުރިހާ ކުކުޅުތައް ތިބޭނީ ވަރަށް މިނިވަންކަމާއެކު،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ތީފަރިދޫން ބިސް ގެންނަނީ ރަނގަޅު ފެންވަރުގައި ބަންދުކޮށްގެން ކަމަށެވެ. މިގޮތުން ކޭހެއްގައި 360 ބިސް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން 210 ބިސް ހިމެނޭ ކޭސް ވެސް އެތަނުން ލިބޭނެ އެވެ.
"މިއީ މާލޭގެ ބާޒާރުން މިހާރު ލިބެން ހުންނާނެ އެންމެ ތާޒާ ބްރައުން އެގް. މާލޭގެ ފިހާރަތަކުގައި މިހާރު ގިނައިން ހުންނަނީ ބޭރުން އެތެރެކޮށްފައި ހުންނަ ބިސްތައް،" އެ އޮފިޝަލް ވިދާޅުވި އެވެ.
"ފާމް ފްރެޝް އެގްސް" ބްރޭންޑްގެ ކުކުޅު ބިސް ޗާންދަނީމަގު، ޖަލާލުންދިން މިސްކިތް ކައިރީގައި ހުންނަ ތީފަރިދޫ މާޓް 1، އަދި ފަލާހު ޕްރީހު ސްކޫލް ކައިރީގައި ހުންނަ ތީފަރިދޫ މާޓް 2 އިން ލިބެން ހުންނާނެ އެވެ.
ފޯނު ހިފައިގެން ފާހާނާއަށް ވަނުން ހުއްޓާލަން ޖެހޭ!
އޭޓީއެމް ބެހެއްޓުމުން ބީއެމްއެލްއަށް ދުނިޔޭގެ ފެންވަރުގެ އެވޯޑެއް
ސަލީމްއާއި ސަލްމާގެ ކައިވެންޏަށް 61 އަހަރު!