ދެކުނު އެފްރިކާގައި މިހާރު ކުރިއަށްދާ ޖީ 20ގެ ބައްދަލުވުމުގައި މޫސުމީ ކާރިސާއާއި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރަށް އެމެރިކާ އިން ދެކޮޅު ހަދަމުން ދަނިކޮށް، ދެކުނު އެފްރިކާއިން އެ ގަރާރު ފާސްކޮށްފި އެވެ.
އެމެރިކާއިން އެ ހުށަހެޅުމަށް ދެކޮޅުހަދަމުން ދަނިކޮށް ޖީ 20 ގައި އެ ގަރާރު އެފްރިކާއިން ފާސްކޮށްފައި ވާއިރު، އެ ގައުމުގައި ދިރިއުޅޭ މީސްމަދު ދޮން މީހުންނާ މެދު އިހާނެތިކޮށް އަމަލުކުރާ ކަމަށް ތުހުމަތުކޮށް އެމެރިކާއިން ވަނީ ދެކުނު އެފްރިކާގައި މި އަހަރުގެ ޖީ20 ބައްދަލުވުން ބާއްވާތީ އެ ބައްދަލުވުމުގައި ބައިވެރިވުމަށް ދެކޮޅު ހަދައިފަ އެވެ.
އެމެރިކާގެ ހިއްސާއެއް ނެތި އެކުލަވާލި މި ގަރާރަށް އެ ގައުމުން ދެކޮޅު ހަދަމުންދަނިކޮށް ފާސްކުރުމާ ގުޅިގެން އެމެރިކާއިން ވަނީ ދެކުނު އެފްރިކާގައި މި އަހަރުގެ ޖީ20 ބައްދަލުވުން ބާއްވާތީ އެ ގައުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރިޔާސަތު ހަތިޔާރަކަށް ހަދާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ޖީ 20ގެ ވެރިންގެ ގަރާރު އާންމު ގޮތެއްގައި ފާސްކުރަނީ ހުރިހާ ގައުމެއްގެ އެއްބަސްވުމާއެކު އެވެ. އެމެރިކާއިން ބުނީ ޒަމާނުއްސުރެ އަމަލުކުރަމުންދިޔަ ގޮތަށް ދެކުުނު އެފްރިކާއިން ގޮން ޖަހާފައިވާ ކަމަށެވެ.
މި އަހަރުގެ ގަރާރުގައި މޫސުމީ ބަދަލުތަކުގެ ނުރައްކާތެރިކަން ފާހަގަކޮށް، އިއާދަކުރަނިވި ހަކަތައާ ގުޅޭ މުހިންމު އަމާޒުތަކަށް ހިތްވަރު ދީފައިވެ އެވެ. އަދި ދަރަނީގެ ސަބަބުން ފަގީރު ގައުމުތަކަށް ކުރާ ބޮޑެތި އަސަރުތަކަށް އަލިއަޅުވާލާފައިވެ އެވެ.
ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާގެ ތަރުޖަމާނުން ވިދާޅުވީ އެ ގަރާރަށް ދެން ބަދަލު ނުގެނެވޭނެ ކަމަށެވެ. އެ ގަރާރު އެކުލަވާލުމަށް މުޅި އަހަރު މަސައްކަތް ކޮށްފައިވާ ކަމަށާއި، ފާއިތުވި ހަފްތާ ތެރޭގައި ވެސް ގިނަ އަދި އުނދަގޫ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރަމަފޯސާގެ ތަރުޖަމާނުން ވިދާޅުވި އެވެ.
އަންނަ އަހަރުގެ ޖީ20 ރިޔާސަތާ ހަވާލުވަނީ އެމެރިކާއިންނެވެ. ގަރާރު ފާސްކުރިތާ ގަޑިއިރުކޮޅެއް ފަހުން އެމެރިކާއިން ވަނީ ޖީ 20ގެ ރިޔާސަތު އޮމާންކަމާއެކު ހަވާލުކުރުމަށް ދެކުނު އެފްރިކާއިން ދެކޮޅު ހަދަމުންދާ ކަމަށް ބުނެފަ އެވެ.
އެމެރިކާއިން ދެކޮޅު ހަދަމުން ދަނިކޮށް ޤަރާރު ފާސްކުރުމާއި، ރިޔާސަތު ހަވާލުކުރުމުގައި ޢަމަލުކުރަމުންދާ ގޮތުން ދޭހަކޮށްދެނީ ދެކުނު އެފްރިކާއިން ޖީ20ގެ ރިޔާސަތު ހަތިޔާރަކަށް ހަދާފައިވާ ކަން ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު އަނާ ކެލީ ވަނީ ވިދާޅުވެފަ އެވެ.
ރީމާ އޭރު ދެއްކި ހިތްވަރުގެ ނަތީޖާ މިއަދު ވަރަށް ފޮނި!
ބޮލުގައި ބަޑި، އަތުގައި ކަނޑި، ފުރާނަ ދޫކޮށްލީ އެއްއަޒުމެއްގައި
ދެ އަހަރު ވެގެން އިއްވި ރިޕޯޓުން ކޮށްދެވުނު ކަމެއް ބުނެ ނުދެވުނު