ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވި ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ހަބަރު ނުވެގެން ހޯދަން ފަށައިފި އެވެ.
ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން ބުނި ގޮތުގައި ނުވަރަލިޔާއަށް ޗުއްޓީއަކަށް ގޮސް އުޅޭ ދިވެހި އާއިލާއަކާ ނުގުޅިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ކަމަށް މައުލޫމާތު ލިބެ އެވެ.
އެ މީހުން ހޯދުމުގެ މަސައްކަތް ލަންކާގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެންބަސީ ދަނީ ކުރަމުންނެވެ.
ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ލަންކާގެ އެކި ސަރަހައްދުތަކުން މުވާސަލާތީ ހިދުމަތްވެސް މެދު ކެނޑިފައިވާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ލަންކާ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވެ ބުރާސްފަތި ދުވަހު އެގައުމުން 56 މީހުން މަރުވި ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރެއިން ނުވަރަލިޔާ ސަރަހައްދުން 25 މީހުން މަރުވެ، 21 މީހަކު ގެއްލުނުކަމަށް އެ ގައުމުން ބުނެފައިވެ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އަދި ޒިޔާރަތްކުރާ ލަންކާގައި ފެންބޮޑުވެ ކޯރުތައް ބަންޑުން ޖަހާލަމުން ދިއުމުގެ ސަބަބުން ގިނަ ބައެއްގެ ގެދޮރުވެސް ވަނީ ހަލާކުވެފަ އެވެ.
ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެގައުމަށް ވަނީ ރެޑް އެލާޓް ނެރެފަ އެވެ.
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކަނޑާލަނީ
ވިއްސާރާގައި ލަންކާއިން 56 މަރު، ސަރުކާރު ބަންދުކޮށްފި
ރައީސްގެ ބައްދަލުވުންތަކުގައި ބޭނުން ބޭފުޅަކަށް ސުވާލު ކުރެވޭނެ