ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރައްވައިފިއެވެ.
ނަސްރީން އިސްތިއުފާ ދެއްވީ މިދިޔަ ހޮނިހިރު ދުވަހެވެ. އޭނާ އިސްތިއުފާ ދެއްވީ ޕީއެސްއެމްގެ ބޯޑު މީޓިންއެއްގަ އެވެ. އޭގެ ފަހުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް ނަސްރީން އައްޔަން ކުރީ މި ހަފުތާގެ ތެރޭގަ އެވެ.
އެނގިފައިވާ ގޮތުގައި ނަސްރީން އިއްޔެ ވަނީ ޔޫތު މިނިސްޓްރީގެ ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފައެވެ. އޭނާ އަކީ އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ އެންމެ އިސްވެރިޔާއެވެ.
ނަސްރީންގެ ކުރިން މި ސަރުކާރުން ވަނީ ޕީއެސްއެމް ހިންގަން ދެ ބޭފުޅަކު ހަމަޖައްސައިފަ އެވެ. އެއީ އެންމެ ފުރަތަމަ އައްޔަން ކުރި ޒީނާ ޒާހިރާއި ދެ ވަނައަށް އައްޔަން ކުރި މުހައްމަދު ސައީދު އެވެ. އެ ދެ ބޭފުޅުން ވެސް މަގާމުން އިސްތިއުފާ ދެއްވީ އެވެ.
ޒީނާ އިސްތިއުފާ ދެއްވީ އޯގަސްޓު، 2024، ގަ އެވެ. އޭނާއަށް ފަހު އައްޔަން ކުރި މުހައްމަދު ސައީދު އިސްތިއުފާ ދެއްވީ ޑިސެމްބަރު، 2024، ގަ އެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ނަސްރީން މަސައްކަތް ކުރެއްވީ ހަމަ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމުގަ އެވެ.
"ބިންޖް ވޮޗިން"ގެ ސަބަބުން ސިއްހަތަށް ގެއްލުންވޭ
މާ ގިނައިން އަރާރުންވާނަމަ ސިއްހަތަށް ގެއްލުންވޭ!
ތާބޫގެ ނަމުގައި ބައްޕަގެ ނަން ހިމަނަން ބޭނުން ނުވާ ސަބަބު!