ދެހާސް ސަތާރަވަނަ އަހަރު ނެގި ސޮވެރިން ބޮންޑު އަނބުރާ ދައްކަން ޖެހިފައި އޮތުމަކީ މި ވަގުތު ފައިސާ މެނޭޖުކުރުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަމީރު އިއްޔެ ވިދާޅުވެފައިވަނީ ސަރުކާރުން ވިއްކި ސުކޫކުން ލިބުނު 191 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ދައްކަން ޖެހުނީ ސަރުކާރުން އެންމެ ފުރަތަމަ ނެގި ސޮވެރިން ބޮންޑުގެ ދަރަނި އަދާކުރަން ކަމަށެވެ.
އަމީރު ވިދާޅުވެފައިވަނީ 2017 ވަނަ އަހަރު "ސަނީ ސައިޑް"ގެ ނަމުގެ ވިއްކި 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއްގެ ވާހަކަ އެކެވެ. އަދި އެއީ ރާއްޖެއިން ބޭރުގެ މާކެޓަށް ވިއްކި ފުރަތަމަ ބޮންޑެވެ.
އެ ބޮންޑު ވިއްކީ ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.
އަމީރު ވިދާޅުުވީ، ދަރަނި އަދާކުރަން އެ ފައިސާ ދެއްކުމާ އެކު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭ ދައުލަތުގެ ދަރަންޏަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ.
ކުރީ ސަރުކާރު ގޯސް ވީމައޭ ކަލޭމެންނަށް ވެރިކަން ދިނީ. މެނޭޖް ކުރަން ނޭގެންޏާ ދުރަށް. ޥެރިކަމުގައި 3 އަހަރުވަނީ. ޢަދިވެސަ ކުރީ ސަރުކާރަކުން އަރައެއްނުގަނެވޭ. ބަލަގަ ކަލޭމެން އިންޑިޔާ އަކަށް ތި ދަރުވަމުން ތިދަނީ ފަސޭހަ ކުރަންތޯ؟
ޢަބަދުވެސް ކުރީ ސަރުކާރޭ . ފަޅޮލޭ . ދުފާ ސާމާނޭ. ޜައްޔަތުންނަށް ކަމެއް ކޮށް ދޭން ޖެހުނީމާ . ކުރީ ސަރުކާރު އޮންނެވީ ޖަލުގަ ގިނަ ކަންތަށް ކޮށް ދެއްވިޔޭ. ކުރިޔޭ ފަހަތޭ ތިރިޔޭ ކިޔާނެ ކަމެއް ނެތް. ނުވަންޔާ ■■■■■