ބޮލީވުޑްގައި އާއިލީ ނުފޫޒު އޮންނަ ކަމަށް އަބަދުވެސް ވާހަކަ ދެކެވެ އެވެ. އެއް އާއިލާއަކަށް ނިސްބަތްވާ ގިނަ މެމްބަރުން އެ ދާއިރާގައި ހަރަކާތްތެރިވާއިރު އޭގެ ތެރޭގައި ވެސް ގިނައީ ދެބަފައިންނެވެ.
އެގޮތުން އަބީޝޭކް ބައްޗަންއަކީ އޭނާގެ ބައްޕަ އަމީތާބު ބައްޗަންގެ ފިޔަވަޅު މަތިން ބޮލީވުޑަށް ވަތް އެކްޓަރެކެވެ. އަމީތާބާއި އަބީޝޭކް އަޅާކިޔައި ވާހަކަތަކެއް ދެކެވުނު ނަމަވެސް އަބީޝޭކް ވަނީ އޭނާގެ އަމިއްލަ ޝަހްސިއްޔަތެއް ބޮލީވުޑްގައި އުފައްދާފަ އެވެ.
ބޮލީވުޑްގައި ރީމޭކްތަކުގެ ޓްރެންޑެއް ކުރިއަށްދާއިރު ބައްޕަގެ ފިލްމެއްގެ ރީމޭކްއަކުން އަބީޝޭކް ފެނިދާނެތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ. އެ ސުވާލަށް އޭނާ މިވަނީ ޖަވާބު ދީފަ އެވެ.
އަބީޝޭކް ބުނީ އޭނާއަކީ އެންމެ ކުޑައިރުއްސުރެ ވެސް އަމީތާބުގެ ފިލްމުތަކަށް ލޯބިކުރި މީހެއް ކަމަށާއި ބައްޕަގެ ފިލްމުތައް ބަލައި އެއަށް އެކްޓް ކުރުމުގެ ހަނދާންތައް އަދިވެސް އެބަހުރި ކަމަށެވެ.
އެހެން ނަމަވެސް އަމީތާބުގެ ފިލްމެއް ރީމޭކްކޮށް އޭގައި އެހެން އެކްޓަރެއް ހިއްސާވެގެން އެއަށް އެންމެ ފުރިހަމަ އިންސާފު ހޯދައި ނުދެވޭނެ ކަމަށް އަބީޝޭކް ބުންޏެވެ.
"ބައްޕަ ކުރި ގޮތާ ގާތަށް ވެސް އެހެން މީހަކަށް އެކަމެއް ނުކުރެވޭނެ. އެހެންވީމަ އެކަން ކުރުމުގެ ބޭނުމެއް ވެސް ނެތް" އަބީޝޭކް ބުނެފައިވެ އެވެ.
އަމީތާބުގެ ފިލްމެއް ރީމޭކް ނުކުރާނެ ކަމަށް އަބީޝޭކް ބުނި ނަމަވެސް އެ ދެބަފައިން ވަނީ މީގެ ކުރިން އެކުަގައި މަސައްކަތް ކޮށްފަ އެވެެ. އޭގެ ތެރޭގައި "ޕާ" އަދި "ކަބީ އަލްވިދާ ނާ ކެހެނާ" ފަދަ ފިލްމުތައް ހިމެނެ އެވެ.
ޅ. އަތޮޅުގައި ތަރައްގީ ކުރި ނަލަ މޯލްޑިވްސް ރިސޯޓް ހުޅުވައިފި
ނިދާފައި އޮންނައިރު މާ ބޮޑަށް ދާހިއްލާނަމަ ސަމާލުވޭ!
މުޅި ލ. ގަމަކަށް އަލުން ކަރަންޓް ދީފި