ސްރީލަންކާ އަށް އެރި ތޫފާން "ދީތުވާގެ" ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ރާއްޖެއިން ދޭން ނިންމި 25،000 މަސްދަޅު ހިފައިގެން ގައުމީ ޝިޕިން ލައިންގެ ބޯޓު އެ ގައުމަށް ފުރައިފި އެވެ.

އެސްޓީއޯއިން އެކްސްގައި ބުނީ، 25،000 ކޭސް މަސްދަޅު ހިފައިގެން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު ފުރީ ރޭ ދަންވަރު 12:30 ގައި ކަމަށެވެ. އެ ބޯޓު ފުރީ 14 ކޮންޓެއިނަރުގައި މަސްދަޅު ކޭސް ބަރުކޮށްގެން ކަމަށް އެސްޓީއޯއިން ބުންޏެވެ.

ސަރުކާރުން ނިންމީ 25،000 ކޭހުގެ އިތުރުން 50،000 ޑޮލަރު އެ ގައުމަށް ހަދިޔާކުރުމަށެވެ. އެ ފައިސާގެ އެހީ އިއްޔެ ވަނީ ލަންކާގެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ޕީއެސްއެމް އިން އިސްނަގައިގެން އަމިއްލަ ބައެއް މީޑިއާތަކާ ގުޅިގެން ލަންކާއަށް އެހީވުަމށް ބޭއްވި ޓެލެތޯނުން 12.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެ ފައިސާ މިހާރު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.