ވިލާތުގެ ގައުމުތަކުގެ ބޭންކުތަކުގައި ހުރި ރަޝިޔާގެ އެތައް ބިލިއަން ފައިސާ އާއި މުދާ މުއްދަތެއް ނެތް ގޮތެއްގައި ހިފެހެއްޓުމަށް ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެންބަރު ގައުމުތަކުން ފާސްކޮށްފި އެވެ.
އީޔޫއިން މި ފިޔަވަޅު އަޅާފައި މި ވަނީ ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ގުޅުވައި، އެ ގައުމަށް ދަތިކުރުމުގެ ގޮތުންނެވެ. އަދި، ޔޫކްރެއިނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރަޝިޔާގެ މުދަލާއި ފައިސާ ބޭނުން ކުރުމުގެ ނިޔަތުގަ އެވެ.
2022ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު އީޔޫން ވަނީ ރަޝިޔާގެ މުދަލާއި ފައިސާ ހިފަހައްޓާފަ އެވެ. އެ ތަކެތީގެ އަގު 246 ބިލިޔަން އެމެރިކާ ޑޮލަރަށް އަރަ އެވެ. އެ ތަކެތި މުއްދަތެއް ނެތް ގޮތުގައި ހިފެހެއްޓުމަށް އީޔޫން ފާސްކޮށްފައި މި ވަނީ، މޮސްކޯއާ ގާތް ގުޅުންތަކެއް ބާއްވާ ހަންގެރީއާއި ސްލޮވާކިޔާއަށް، އެ ކަމާ ދެކޮޅު ހެދުމުގެ ފުރުސަތު ހަނިކުރުމުގެ ގޮތުންނެވެ.
ރަޝިޔާގެ މުދަލާއި ފައިސާ މުއްދަތެއް ނެތް ގޮތުގައި ހިފެހެއްޓުމަށް އީޔޫން ނިންމުމާ އެކު، ޔޫކްރެއިނަށް ލޯނެއް ދޫކުރުމަށް ބެލްޖިޔަމަށް އޮތް ހުރަސްތައް ނެތިގެން ގޮސްފައިވާ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެ އެވެ. ބެލްޖިޔަމުން ކުރިއަށް އޮތް 2026 އަދި 2027ވަނަ އަހަރަށް ޔޫކްރެއިނަށް 165 ބިލިޔަން ޔޫރޯގެ ލޯނެއް ދޫކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
އެ ލޯނަށް ފައިސާ ހޯދާނީ ހިފަހައްޓާފައިވާ ރަޝިޔާގެ މުދަލާއި ފައިސާއިންނެވެ. އީޔޫގެ ނިންމުމަކީ، ޣައިރުގާނޫނީ ނިންމުމެއްގެ ގޮތުގައި ބަލައި، އެ ކަމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް މޮސްކޯއިން ދަނީ ތައްޔާރުވަމުންނެވެ.
ބީއެމްއެލް އިން "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި
މެސީ އިންޑިއާ އަށް ކުރި ދަތުރު އިންތިޒާމު ކުރި މީހާ ހައްޔަރަށް
މެންބަރު މައުރޫފް ކުއްލި އޮޕަރޭޝަނެއް ކުރަން ވައްދައިފި