މާލެއިން ފުރައިގެން ތައިލެންޑުގެ ބެންކޮކަށް ދަތުރުކުރަމުންދިޔަ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފުލައިޓެއް ސްރީލަންކާގެ ވެރިރަށް، ކޮލަމްބޯއަށް ޑައިވާޓުކޮށްފި އެވެ.
މޯލްޑިވިއަންގެ އެއާބަސް އޭ-320 މަރުކާގެ މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރީ މިއަދު ހެދުނު 8:00 ހާއިރު އެވެ.
މާލެއިން ބެންކޮކަށް ދަތުރުކުރާ އާންމު ރޫޓުން ދަތުރުކުރަމުން ގޮސް ބޯޓުގެ މިސްރާބު ބަދަލު ކޮށްފައިވަނީ ފުރިތާ ގަޑިއިރެއްހާއިރު ފަހުންނެވެ.
އެ ބޯޓު ފުރަތަމަ އިންޑިއާ އާ ދިމާލަށް ދަތުރުކުރުމަށްފަހު އަނެއްކާ އަނބުރާލާފައި މިހާރު ވަނީ ކޮލަމްބޯގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފަ އެވެ. ބޯޓު ކޮލަމްބޯއަށް ޖެއްސީ ރާއްޖެ ގަޑިން 10:50 ހާއިރު އެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ ލަންކާއަށް ފްލައިޓް ޖައްސަން ނިންމީ ތައިލެންޑުގެ ވައިގެ ސަރަހައްދުގައި ހުރި ރެސްޓްރިކްޝަން ތަކެއްގެ ސަބަބުން ދަތުރު ދިގުވާނެ ކަމަށް ބެލެވޭތީ އިތުރަށް ތެޔޮ އެޅުމަށް ކަމަށެވެ.
ތައިލެންޑުގެ ވައިގެ ސަރަހައްދުގެ ސަލަމާތީ ކަންކަން ވަރުގަދަކޮށް، ރެސްޓްރިކްޝަންތައް އިތުރުކޮށްފައިވަނީ އެ ގައުމާއި ކެމްބޯޑިއާ އާ ދެމެދު އޮންނަ ބޯޑަރާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން ދެ ގައުމުން ބަދަލުކުރަމުންދާ ހަމަލާތަކާ ގުޅިގެންނެވެ.
ސޯލިހާއި ނަޝީދު ބައްދަލުކުރައްވަނީ
ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތަކުގެ އާއްމު ސަބަބުތައް!
އެންމެ ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރެޑް އެލާޓުގައި
