މި ފެށޭ އާ އަހަރާ ދިމާކޮށް ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ހަވާ އެރުވުމުގެ ރެކޯޑެއް މުގުރާލަން އެ ގައުމުން ތައްޔާރު ވަމުން އެބަދެ އެވެ.
މިހާރު ކުރިއަށްދާ ޝެއިޚް ޒައިދު ފެސްޓިވަލްގެ ތެރެއިން ކުރިއަށްދާ އެ ހަރަކާތް އޮންނާނީ ޑިސެމްބަރު 31 ވާ ދުވަހުގެ ރޭ އަލް ވަތުބާގަ އެވެ.
އެ ހަރަކާތްތަކުގެ ތެރެއިން ދުނިޔޭގެ ފަސް ރެކޯޑެއް މުގުރާލަން އަބޫދާބީއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އެގޮތުން 62 މިނެޓު ވަންދެން ހަވާ އެރުވުމުގެ ހަރަކާތްތައް ކުރިއަށްދާއިރު 6500 ޑްރޯންއާއެކު 20 މިނެޓުގެ ދިގު ޑްރޯން ޝޯއެއް ވެސް އެރޭ އޮންނާނެ އެވެ.
ހަވާ އެރްވުމާއި ޑްރޯން ޝޯގެ އިތުރުން ވެސް އަބޫދާބީގެ ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ ކުޅިވަރުތައް ބަލާލުމުގެ ފުރުސަތު ވެސް ބެލުންތެރިންނަށް ލިބޭނެ އެވެ.
މި ކުލަގަދަ ހަރަކާތްތަކާއެކު 2026 ވަނަ އަހަަރަށް މަރުހަބާ ކިޔަން އަބޫދާބީއިން ތައްޔާރުވަމުން އަންނައިރު އެ ސިޓީއަށް ދާ ފަތުރުވެރިންގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.
ބިދޭސީންނަށް ކުއްޔަށްދީފައިވާ ފްލެޓްތައް އަތުލާނެ ކަމުގެ އިންޒާރު
އެސްއެމްއީ ޑިޖިޓަލްއިން"ވެސަލް ފައިނޭންސިން" ތައާރަފްކޮށްފި
މާ ގިނައިރު އިށީނދެ އިންނަނަމަ އުމުރު ކުރުވޭ: ދިރާސާ