ކ. ދިއްފުށީ ފަޅުތެރޭގައި އިންޑިއާ މީހަކު މަރުވެފައި އޮތްވައި މިއަދު މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ދިއްފުށީ ފަޅުތެރޭ މީހަކު މަރުވެފައިވާކަމުގެ ރިޕޯޓު މިއަދު މެންދުރު 1:15 ހާއިރު ލިބިފައިވާ ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާގެ ހަށިގަނޑު ދިއްފުށީ ސިއްހީ މަރުކަޒަށް މިހާރު ވަނީ ގެންގޮސްފަ އެވެ. އަދި މިހާރު ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ދިއްފުއްޓަކީ ގިނަ އަދަދެއްގެ ގެސްޓުހައުސް ހިންގާ ރަށެކެވެ. އަދި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި އިންޑިއާގެ ގިނަ އަދަދެއްގެ ޓޫރިސްޓުން މިހާރު ޗުއްޓީ ހޭދަކުރަން އާދެ އެވެ.
ވިހައިގެން 1 އަހަރު ނުވަނީސް ކިއާރާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!
ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި
ބޮލީވުޑްގެ ވެޓެރަން އެކްޓަރު ނާނާ ޕަޓޭކަރު މަރުވެއްޖެ