ލ.ގަމާއި ފޮނަދޫއިން ކޮވިޑް- 19ގެ ކޭސްތަކެއް ފެނުމާއެކު، އެ ދެ ރަށް މޮނީޓަރިންއަށް ލައިފި އެވެ.
މާންދޫ ކްލަސްޓާއާއި ގުޅުންހުރި ތިން މީހަކު ލ. ގަމުން ޕޮޒިޓިވް ވެފަ އެވެ.
މާންދޫން އަށް މީހަކު ޕޮޒިޓިވް ވިތާ އެއް ދުވަސްގެ ތެރޭގައި ގަމުން ތިން މީހަކު ޕޮޒިޓިވް ވެފައިވާއިރު ގަމާއި ފޮނަދުއަށް އަރާފޭބުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ގަމުގެ އެއް އަވަށުން އަނެއް އަވަށަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ.
އެ ރަށްތަކަށް އަރައިފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކުރީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެންނެވެ.
ގަމުން ތިން މީހަކު ޕޮޒިޓިވް ވުމާއެކު، މާންދޫ ކްލަސްޓާއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 11 އަށް އަރާފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަައަކީ 27،403 އެވެ. އޭގެ ތެރެއިން 71 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.
އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޝާހިދު ނިންމަވައިފި
ރަންވީރުގެ "ދުރަންދަރް" ބޮލީވުޑްގެ ގަދަ 10 އަށް!
އަންނަ މަހުގެ 10 ގެ ކުރިން ފޮތްތައް ފޮނުވައި ނިންމަނީ