ރާއްޖޭގެ ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުލްފައްތާހު މަރުވެއްޖެ އެވެ.
އެނގިފައިވާގޮތުގައި ފައްތާހު މަރުވީ ހާޓްއެޓޭކެއް ޖެހިގެން ހއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް، ކާމިޔާބު ފިލްމުތައް އުފައްދާފައިވާ މީހެކެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ފައްތާހު ވަނީ ނިންމާފަ އެވެ.
ފައްތާހުގެ ފިލްމީ ދާއިރާއިން ރިޓަޔާވީ އޭނާގެ އެންމެ ފަހުގެ ފިލްމު "ހައްދު"އަށް ފަހު އެވެ.
އޭގެފަހުން 2018 ވަނަ އަހަރު ކެލައަށް ދިރިއުޅުން ބަދަލުކޮށް، ކެލާގައި ރެސްޓޯރެންޓު ވިޔަފާރިއެއް އޭނާ ވަނީ ފަށާފަ އެވެ.
ސަލްމާންގެ ކުރިއަށް އޮތީ ސުޕަހީރޯ ފިލްމެއް!
ކާނިވާ ސަރަހައްދުން އުޅަނދުފަހަރު ނަގަން އަންގައިފި
ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ރައީސް ޔާމީން ފުވައްމުލަކަށް
