ޖުމްލަ 39 މީޑިއާއަކަށް ފައިސާ ދިނުމުގެ ކަންކަން ކުރިއަށްދާ ކަމަށް މީޑިއާ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ 41 މީޑިއާއަކަށް ފައިސާ ދިނުމަށް މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އިންފޮމޭޝަން މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށެވެ.

ނަމަވެސް އޭގެތެރެއިން ދެ މީޑިއާ އަކީ އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާކަން ފާހަގަވެ، އެކަން ހައްލުވަންދެން އެ ޕޭމަންޓް ހޯލްޑްކޮށްދިނުމަށް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އެ މީޑިއާއާ މިހާރު ބައްދަލުކޮށް ކަން ހިނގިގޮތް ކިޔައިދީފައިވާނެ ކަމަށެވެ.

އެހެންކަމުން ފައިސާ ލިބޭނީ 40 މީޑިއާ އަކަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީޑިއާތަކަށް ފައިސާ ދިނުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަވެފަ އެވެ. އެގޮތުން ނޫހެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ނަމަވެސް ފޮޓޯ ނަގައި ވިއްކުމުގެ ވިޔަފާރި ކުރާ ކުންފުންޏަކަށް ވެސް ފައިސާ ދޭން ވަނީ ނިންމާފަ އެވެ.

މީގެއިތުރުން ދުވަހުން ދުވަހަށް އަޕްޑޭޓް ނުވާ ބައެއް ނޫސްތަކަށް ވެސް އެތައް ލައްކަ ރުފިޔާއެއް ދިނުމަށް ވަނީ ނިންމާފަ އެވެ.