ގަވާއިދުން އަޕްޑޭޓްނުވާ މީޑިއާތައް ހިމެނޭހެން އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭން ނިންމިކަން ހާމަވެއްޖެ އެވެ.
މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން އެންމެ ފުރަތަމަ ކުރަމުންދިޔައީ އިންފޮމޭޝަން މިނިސްޓްރީންނެވެ. އެ މިނިސްޓްރީން އެކަން ކުރިގޮތަށް އެތައް ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އެ މިނިސްޓްރީގެ ނިންމުންތައް ފަހުން ވަނީ ބާތިލްކޮށްފަ އެވެ.
ދެން އެ މަސައްކަތް ހަވާލުކުރީ ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރަން އުފައްދާފައިވާ ކޮމިޝަނާއެވެ. ރައީސް މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް މިދިޔަ އަހަރު ނިމުމުގެ ކުރިން ފައިސާ ދޭންޖެހޭ ކަމަށް ބުނެ މިދިޔަ އަހަރު ނިމެން އުޅެނިކޮށް އެ ކޮމިޝަނުން ތެޅިފޮޅިގަތީ އެވެ.
ޖުމްލަ 40 މީޑިއާއަކަށް ފައިސާ ދޭން ނިންމިއިރު، އޭގެތެރޭގައި ގިނައ ގަވާއިދުން އަޕްޑޭޓްނުވާ ނޫސްތަކެވެ. އަދި މީޑިއާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ފޮޓޯ ވިއްކުމުގެ ވިޔަފާރިކުރާ ކުންފުންޏަކަށް ވެސް އެތައް ލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 200 އަށްވުރެ ގިނަ މީޑިއާތައް ތިބޭއިރު، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމަކީ އިންސާފުވެރިކޮށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިސޭޝަން (އެމްޖޭއޭ) އިން ބުނެފައި ވަނީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ރައީސް މުއިއްޒު ބޭނުންވަނީ ހައްގު ނޫންގޮތުގައި މީޑިއާތަކަށް ފައިސާދީގެން މީޑިއާތަކުގެ ކޮންޓްރޯލް ނަގަން ކަމަށް ގިނަ ބަޔަކު އަންނަނީ ބުމަމުންނެވެ.
ރަންބީރުއާއި ރަހާގެ ލޯބި ފޮޓޯއެއް!
ކިލޯއަކަށް ވުރެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
ޕެންޝަން ގާނޫނު ބަދަލުކުރަނީ އޮޅުވާލައިގެން ފައިސާ ޗާޕުކުރަން
