ރާއްޖެއިން އުމްރާގެ އަޅުކަމަށް ދިޔަ ދެ ދިވެއްސަކު މަރުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އަލީ އަހްސަން ވިދާޅުވީ މަރުވީ ސަފާ ގުރޫޕާއި ހިޖާޒް ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ ދެ ދިވެހީން ކަމަށެވެ.
އެ ދެ މީހުންގެ ޖަނާޒާ ބާއްވައި ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ސްކޫލް ބަންދާ ދިމާކޮށް 7000 އަށްވުރެ ގިނަ މީހުން ރާއްޖެއިން އުމްރާއަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
ގައުމު ހަލަބޮލި ކުރުމަށް އުޅޭތީ ފާރަވެރިވާންޖެހޭ: ރައީސް މުއިއްޒު
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
