އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވީ އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހް މުހައްމަދު ޝިފާނާއި އިކްރާމް އަބްދުއްސައްތާރުކަން އެނގިއްޖެ އެވެ.
މިދިޔަ ޑިސެމްބަރު 29، ގައި ހުޅުވާލި ފުރުސަތު އިއްޔެ ވަނީ ހަމަވެފަ އެވެ. އެނގިފައިވާގޮތުގައި އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވަން ފޯމު ހުށަހެޅުއްވީ ޝިފާން އާއި އިކްރާމް އެކަންޏެވެ.
އަދާލަތު ޕާޓީއަށް އާ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމެޖެހިފައިވަނީ ޖެނުއަރީ 31، ވަނަ ދުވަހު އެވެ. އެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށެވެ.
މިވަގުތު އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުالله އެވެ.
އަދާލަތު ޕާޓީގެ ހިންގާ ގަވާއިދު ބުނާގޮތުން ވިދިވިދިގެން ދެ ދައުރު ރައީސްގެ މަގާމަށް ކުރިމައްޗެއް ނުލެވެ އެވެ.
މީހުން "ފިޓް" ވުމުން ޗިޗާ އުފާވޭ!
އީރާނުގެ ހަމަނުޖެހުން: އިންޓަނެޓް ހިދުމަތް ކަނޑާލައިފި
ސޯމާލީލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި ބަލައިނުގަނެވޭނެ
