މި އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ވީހާ ވެސް އަމާން އަދި އޮމާންކޮށް އެއްވެސް ނުފޫޒެއް ނެތި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ޕީއެސްްއެމްގައި ވިދާޅުވީ މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ އިދާރީ ކަންކަމެއް ކުރިއަށް ގެންދަނީ ޑިޖިޓަލައިޒްކޮށް ނަމަވެސް ޑިޖިޓަލައިޒް ނުކުރާނެ ކަމަކީ ވޯޓް ނެގުމާއި ގުނުން އަދި ނަތީޖާ އިއުލާން ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް އެ އުސޫލު ދަމަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވޯޓުލުމާއި ވޯޓު ގުނުމާއި ވޯޓުގެ ނަތީޖާ އާއި ވޯޓުގެ ނަތީޖާއާ ގުޅިގެން އަންނަ ކަންތައްތަކާއި މިއިން އެއްވެސް ކަމެއް އަޅުގަނޑުމެން ޑިޖިޓަލައިޒެއް ނުކުރާނެ، ޒާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަން ކުރާނީ ހަމަ ކުރިން ވެސް ކުރަމުން އައިގޮތަށް ފިޒިކަލްކޮށް ކަމަށެވެ.
ޒާހިދު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ވޯޓުލުން ވެސް ވީހާވެސް އަމާންއޮމާން ކަމާއެކު، އިންސާފުވެރިކޮށް އަދި ނުފޫޒެއް ނެތި ކުރިއަށް ގެންދިއުމަށް ގުޅުންހުރި އިދާރާތަކާއެކު ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އިންތިހާބާ ގުޅޭ އެއްވެސް ކަމެއްގައި އޮޅުން އަރާ ނަމަ ނުވަތަ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ވިޔަސް 1414 އަށް ގުޅައިގެން އެކަންކަން ފަސޭހަކަމާއެކު ސާފުކުރެވޭނެކަން ފާހަގަކުރެއްވި އެވެ.
އޭނަ ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ވޯޓުލުން ވެސް ވީހާވެސް އަމާންއޮމާން ކަމާއެކު، އިންސާފުވެރިކޮށް އަދި ނުފޫޒެއް ނެތި ކުރިއަށް ގެންދިއުމަށް ގުޅުންހުރި އިދާރާތަކާއެކު ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އިންތިހާބާ ގުޅޭ އެއްވެސް ކަމެއްގައި އޮޅުން އަރާ ނަމަ ނުވަތަ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ވިޔަސް 1414 އަށް ގުޅައިގެން އެކަންކަން ފަސޭހަކަމާއެކު ސާފުކުރެވޭނެކަން ފާހަގަކުރެއްވި އެވެ.
އިންތިހާބަށް ކުރިމަތިލުމަށް ކެންޑިޑަސީ ފޯމު ހުށަހެޅުން މިފަހަރު ހަމަޖައްސާފައިވަނީ އޮންލައިންކޮށް، ޕޯޓަލް މެދުވެރިކޮށެވެ. މީގެ ކުރިން އޮންނަނީ ކެންޑިޑަސީ ފޯމު އީސީގެ އޮފީހަށް ހުށަހަޅަން ޖެހޭ ގޮތަށެވެ.
ކައުންސިލް އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.
ޖޫރިމަނާ ކުރީ ހުއްދަވެސް ނަގާފަ އޮއްވައި
މާބަނޑު ދުވަސްވަރު މަސް ކާނަމަ ދަރިންގެ ވިސްނުން ތޫނުވޭ!
ގއ. އަތޮޅާއި މާލޭގައި ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް ހިންގަނީ