މިދިޔަ އަހަރު ނެރުނު ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ އަދިތްޔާ ދަރްގެ "ދުރަންދަރް" އޯޓީޓީ ޕްލެޓްފޯމަށް އަންނަން ތައްޔާރުވެއްޖެ އެވެ.
މަހެއްހާ ދުވަހު ކާމިޔާބު ކަމާއެކު ސިނަމާތަކުގައި "ދުރަންދަރް" ދެއްކުމަށްފަހު މި ހިނގާ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެ ފިލްމު ނެޓްފްލިކްސްގައި ރިލީޒް ކުރާނެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ނެޓްފްލިކްސްއިން ވަނީ ރެކޯޑް އަގަކަށް ދުރަންދަރްގެ އެއްވަނަ ބައާއި ދެވަނަ ބައިގެ ރައިޓްސް ވެސް ގަނެފަ އެވެ. އެއީ 130 ކްރޯޑް ރުޕީސް އެވެ.
ރަންވީރު ސިންހް، އަކްޝޭ ހަންނާ އަދި ސަރާ އަރުޖުން މުހިއްމު ރޯލުތަކުން ފެނިގެންދާ "ދުރަންދަރް"އަކީ ޕާކިސްތާނުގެ ޓެރަރިސްޓް ނެޓްވޯކެއް ހޯދަން އިންޑިއާގެ އިދާރާއަކުން ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.
ބޮކްސް އޮފީހުގައި އެކަނިވެސް އެ ފިލްމުން ގިނަ ރެކޯޑުތަކެއް މުގުރަމުން އަންނައިރު ފިލްމުގައި އެކްޓަރުން ދައްކުވައިދީފައިވާ އެކްޓިންއަށް ވެސް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
"ދުރަންދަރް"ގެ ފުރަތަމަ ބަޔަށް ލިބުނު ކާމިޔާބީއާއެކު އެ ފިލްމުގެ ދެވަނަ ބައި އިއުލާން ކޮށްފައިވާއިރު އަންނަ މާޗު މަހުގެ ތެރޭގައި ދެވަނަ ބައި ރިލީޒް ކުރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ޖަސްޓިންއާއި ސެލީނާގެ ލޯތްބަށް ނިމުން އައީ ކީއްވެ؟
މާހެފުމުގެ ސަގާފަތާއި ތާރީހަށް ނަޒަރެއް!
ގޭތެރެއިން ފަރުނީޗަރު މަދުކޮށްލާ!