އިސްވެ އިރާނަށް އެމެރިކާއިން ހަމަލާ އެއް ދީފި ނަމަ ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ތުރުކީގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާދީ ގޮއްވާލާނެ ކަމަށް ބުނެ އީރާނުން އެމެރިކާ އަށް އިންޒާރު ދީފި އެވެ.
އިރާނުގައި މިހާރު ހިގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާއިން އެކަމުގެ ތެރެއަށް ވަދެ، މަސްރަހު ގޯސްކުރަމުންދާ ކަމުގެ ތުހުމަތު ކުރަމުން އަންނަ މި ދަނޑިވަޅުގައި އިޒްރޭލާއި އެމެރިކާއިން އަންނަނީ އީރާނަށް ވަރިގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުން ކަމަށް ބައިނަލްއަގުވާމީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެ އެވެ.
އިރާނުގައި ހިނގަމުން އަންނަ މުޒާހަރާތަކާ ގުޅިގެން އެމެރިކާއިން ވަނީ މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތައް މަރާނަމަ އީރާނަށް ހަމަލާތައް ދޭނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދީފަ އެވެ. އަދި މިއާއެކު އިރާނުން ވަނީ އެމެރިކާއަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ.
އީރާނުން ބުނާ ގޮތުގައި މުޒާހަރާގެ ނަމުގައި މަގުތަކަށް ނުކުމެ، މުދަލަށާއި ތަންތަނަށް ގެއްލުން ދީ އަލީފާން ރޯކޮށް ހަމަދަމުން ދަނީ އެމެރިކާއިން އަޑީގައި އޮވެގެން ޔަހޫގީ އެޖެންޓުންތަކެއް އެކަމުގެ މޭސްތިރިންގެ ގޮތުގައި ތިބެގެން ކަމަށެވެ.
ދެ ގައުމުގެ މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އިޒްރޭލުން ވެސް ވަނީ އެމެރިކާއާއެކު އޮތްކަން ހާމަކޮށްފަ އެވެ.
ރިޕޯޓުތައް ބުނާގޮތުން ގޮތުގައި އީރާނު ކައިރީގައިވާ އެމެރިކާގެ ބޭސްތައް ގޮއްވައިލާނެ ކަމަށް ބުނެ އީރާނުން ދިން އިންޒާރާއެކު، ޔޫއެސް އިން ދަނީ އެތަންތަނުގައި ސަލާމަތީ ފިޔަވަޅު އަޅަމުންނެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބޭންޖަމިން ނަތަންޔާހޫ މިހާރު ވަނީ ސިއްރިއްޔާތުގައި އެމެރިކާއަށް ވަޑައިގެންފަ އެވެ. އޭނާ އެމެރިކާއަށް މި ވަޑައިގަތީ އީރާނާއި ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރުމަށް ތައްޔާރުވުމަށް މަޝްވަރާތައް ކުރުމަށެވެ.
ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް
ކްރައުން އެންޑް ޗަމްޕާގެ ރިސޯޓްތަކުގައި މުސާރަ ޑޮލަރުން ދެނީ
ނިދުމުގެ 3 ގަޑިއިރު ކުރިން ކެއުން ހުއްޓާލަން ޖެހޭ!