ހުއްދަ ނެތް ފާމަސީތަކާއި ލައިސެންސް ނެތި ފާމަސިސްޓުން ބޭސް ވިއްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެ އޮތޯރިޓީން އިއްޔެ ކުރި އިއުލާނުގައި ބުނީ ރާއްޖެއަށް ބޭސް އިމްޕޯޓުކޮށް ވިއްކޭނީ އެކަމުގެ ހުއްދަ ލިބިގެން ކަމަށެވެ.
ނަމަވެސް، އެއާ ހިލާފަށް މި ފަހަކަށް އައިސް ބައެއް ތަންތަނުގައި ބޭސް ވިއްކަމުންދާތީ، އެކަން ހަނދާންކޮށްދިނުމަށް އެމްއެފްޑީއޭއިން ނެރުނު އިއުލާނުގައި ބުނީ ފާމަސީތަކުގައި އެ އޮތޯރިޓީން ދޫކުރާ ބޭސް ވިއްކުމުގެ ހުއްދަ ނެތި ބޭސް ވިއްކުމާއި ހުއްދަ ނެތް ފާމަސިސްޓުން ނެތި މަސައްކަތް ކުރުމަކީ ވެސް މަނާކަމެއް ކަމަށެވެ.
އެއާ ހިލާފަށް މަސައްކަތްކުރާ ތަންތަނާއި މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެމްއެފްޑީއޭގެ އުލާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ފާމަސީތަކުން ބޭސް ނަގާއިރު ބައެއް ކަންކަމަކީ އަމިއްލަ މީހާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށް ވާތީ އަމިއްލަ ޒިންމާ ނެގުމަށް ވެސް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.
އޭގެ ތެރޭގައި ފާމަސީއަކީ ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީއެއްކަން ކަށަވަރުކުރުމަށްޓަކައި ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުމާއި ބޭސް ދޫކުރަނީ ހުއްދަ އޮތް މީހެއްކަން ކަށަވަރުކުރަން އެމްއެފްޑީއޭއިން ދޫކޮށްފައިވާ ފާމަސިސްޓު އައިޑީކާޑު އަޅާފައިވޭތޯ ބެލުމާއި މުއްދަތު ހަމަނުވާ ބޭސް ނެގިތޯ ކަށަވަރުކުރަން ބޭހުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީހު ބެލުމަށް ވަނީ އެދިފަ އެވެ.
މީގެ އިތުރުން ބޭސް ބޭނުންކުރަން ވީ ގޮތުގެ އިރުޝާދު ރަނގަޅަށް ކިޔައި ސާފުކޮށް ލިޔެފައިވޭތޯ ބެލުމުގެ އިތުރުން ބޭސް ޕެކްކޮށްފައި ހުރީ ރަނގަޅަށްތޯ ބެލުމަށް ވެސް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއެފްޑީއޭ އިން ބުނީ މިކަންކަން ބެލުމަށް ފަހު އެއްވެސް ކަމެއް ފާހަގަކުރެވިފައިވާ ނަމަ ވީހާވެސް އަވަހަށް އެމްއެފްޑީއޭގެ ހޮޓްލައިން 7200321 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.
އެނގިފައިވާ ގޮތުގައި ހުއްދަ ނެތް ގިނަ އަދަދެއްގެ ފާމަސިސްޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފާމަސީތަކުގައި އަންނަނީ މަސައްކަތްކުރަމުންނެވެ.
އެގޮތުން އެސްޓީއޯގެ ބައެއް ފާމަސީތަކުގައި ބޭސް ދޫކުރުމުގެ ހުއްދަނެތް ބައެއް މުވައްޒަފުން ވަޒީފާއަށް ނެރެ ބޭސް ދޫކުރަމުންދާ ކަން އެނގިފައިވެެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޕާޕަލް ސްޓާ ސެފަޔާ ލަންކާގައި
"ދަ ބްލަފް"ގެ ޓްރެއިލާ: ޕްރިޔަންކާގެ ވަރުގަދަ ހުށައެޅުމެއް!
އަންނައުނު ގިނަ ދުވަހު ބޭނުން ކުރަން ފަސޭހަ ގޮތެއް!