ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރިއިރު، ލީގަލް އޮފިސަރުންގެ މުސާރައިގެ ގޮތުގައި ޖުމުލަ ޖެހޭ މިންވަރު މަދުވެފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅި މި ޕެޓިޝަނުގައި އެކި އިދާރާތަކުގައި މަސައްކަތް ކުރާ 84 ލީގަލް އޮފިސަރުން ސޮއިކޮށްފައިވެ އެވެ.
މީގެކުރިން ލީގަލް އޮފިސަރުންގެ މުސާރަ ކަނޑައަޅާފައި އޮތީ 2017 ޑިސެމްބަރު ގައި އާންމުކޮށްފައިވާ އޮނިގަނޑެއްގެ ދަށުންނެވެ. އެ އޮނިގަނޑުގެ ދަށުން ކައުންސިލްތަކުގެ ލީގަލް އޮފިސަރުންނަށް މުސާރައިގެ ގޮތުގައި 19،167ރ. ލިބެ އެވެ.
އެކަމަކު، އަލަށް ގެނައި ބަދަލުގެ ސަބަބުން ކައުންސިލްތަކުގެ ލީގަލް އޮފިސަރުންގެ މުސާރަ 18،920ރ. އަށް ވަނީ ދަށްވެފަ އެވެ.
މަޖިލީހަށް ހުށަހެޅި މައްސަލާގައި ވަނީ ލީގަލް އޮފިސަރުންނަށް ނޮން ޕްރެކްޓިސް އެލަވަންސެއް ކަނޑައަޅާފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މުވައްޒަފުންގެ ތަޖުރިބާ އާއި ހިދުމަތް ކޮށްފައިވާ މުއްދަތަށް ބަލާފައި ދޭ ސްޓެޕް އެލަވަންސް ނުދޭތީ އެކަމުގެ ކަންބޮޑުވުން ވެސް މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ފާޅުކޮށްފައިވެ އެވެ.
ލީގަލް އޮފިސަރުންގެ މަގާމުގެ ރޭންކު ވަނީ ދަށްކޮށްފައެވެ. އެއީ ލީގަލް އޮފިސަރުންގެ ތައުުލީމީ ފެންވަރަށާއި އުފުލަން ޖެހޭ ޒިންމާތަކާ މަސްއޫލިއްޔަތުތަކާ އަޅާބަލާއިރު ބޭއިންސާފެއް ކަމަށް އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.
ދިވެހިބަހުގެ އެކެޑަމީގެ ރައީސަކަށް ޝާކިރު
ޖަގަހަ ހުޅުވަން ވެސް ސަރުކާރު މުވައްޒަފުން ގެންދިޔަ!
