ޓްރާންސްޕޯޓް އޮތޯރިޓީން 11 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމައިފި އެވެ.

ވަޒީފާ އަށް ފަރުވާ ކުޑަކަމަށް ބުނެ ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ 11 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފަ އެވެ.

އެ 11 މުވައްޒަފުން ވަނީ ވަޒީފާއިން ކެނޑި މައްސަލަ ބަލައިދިނުމަށް އެ މުވައްޒަފުން ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފަ އެވެ.

ސީއެސްސީއިން އެންމެ ފުރަތަމަ މިނިސްޓްރީއަށް އެންގީ އެ މުވައްޒަފުންނަށް އިސްލާހު ވާން ފުރުސަތު ދިނުމަށެވެ. ނަމަވެސް އެ މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ކޮމިޝަނަށް ފޮނުވުމާ އެކު ކޮމިޝަނުން ފަހުން ނިންމީ އެ މީހުން ވަޒީފާ އިން ވަކިކުރަން ޖެހޭ ކަމަށެވެ. އެކަމަކު ވަޒީފާ އިން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި އެމީހުންނަށް ކޮމިޝަންގެ ނިންމުން މުރާޖައާކޮށް ދިނުމަށެވެ. އެގޮތަށް އަމަލުކުރެވެން ނެތް ނަމަ އެމީހުންނަކީ އަމިއްލަ އަށް ވަޒީފާ އިން ވަކިވި ބައެއް ކަމަށް ކަނޑައަޅައިދީ އެއް މަހުގެ ނޯޓިހެއް ދިނުމަށްވެސް އެ މުވައްޒަފުން އެދުނެވެ.

އެގޮތަށް ހަމަޖައްސައިދީފައި ވަނިކޮށް ވަޒީފާއިން ވަކިކުރަން ނިންމީ ގާނޫނާ ހިލާފަށް ކަމަށްބުނެ 11 މުވައްޒިފުން ވަނީ އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިފަ އެވެ. ޓްރިއިބިއުނަލްގެ އެދިފައިވަނީ އަލުން ވަޒީފާ އިއާދަ ކޮށްދިނުމަށެވެ.

ޓްރައިބިއުނަލްއިން އެ މައްސަލަ ނިންމާފައިވަނީ މައްސަލަ ހުށަހެޅި 11 ފަރާތާ ދެކޮޅަށެވެ.

ޓްރައިބިއުނަލްއިން ބުނެފައި ވަނީ މުވައްޒަފުން ހަމަޖެހިފައިވާ އުސޫލަށް ވުރެ ގިނަ އިން ގަޑިޖެހިފައިވާ ކަމަށެވެ. އަދި އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށްފަހު އެކަން ކުރީ މަޖުބޫރު ވެގެން ކަމަށް ބުނި ނަމަވެސް އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށް ވެސް ޓްރައިބިއުނަލްއިން ވަނީ ބުނެފަ އެވެ.

އެހެންކަމުން 11 މުވައްޒަފުން އެދުނު ގޮތަށް އަލުން ވަޒީފާ އިއާދަކޮށްދެވެން ނެތްކަމަށް ޓްރައިބިއުނަލްއިން ވަނީ ކަނޑައަޅައިފަ އެވެ.