ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓާ ޗެއިން ހިލްޓަން އިން ހިންގާ އެ ރިސޯޓުގެ މިދިޔަ މަހުގެ އޮކިއުޕަންސީ ހުރީ 90 ޕަސެންޓަށް ވުރެ މަތީގައި. ހިތްގައިމު ރީތި އަދި ޖާގަ ތަނަވަސް ކޮށް ހަދާފައިވާ 125 ވިލާ ހިމެނޭ އެ ރިސޯޓުގެ ވިލާ އެއް ވިއްކަނީ ރެއަކަށް 5000 ޑޮލަރަށް ވުރެ މަތިން. މީގެ އިތުރުން ރެއަކަށް 100،000 ޑޮލަރަށް ވުރެ ބޮޑު އަގުގައި ވިއްކާ ހަތް ވިލާ އެކުލެވޭ 32،000 އަކަމީޓަރުގެ ބޮޑު ޕްރައިވެޓް އައިލެންޑެއް ވެސް އެ ރިސޯޓާއެކު ހިންގާ.

ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ކޮންމެ މުވައްޒަފަކަށް މިމަހު ސާވިސް ޗާޖުގެ ގޮތުގައި 4،117.28 ޑޮލަރު (63،000ރ.) ބަހަން ނިންމައިފި އެވެ.

މިއީ މާލެއާ 25 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއް ތަރައްގީކޮށްގެން 2019 ވަނަ އަހަރު ހުޅުވި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މިހާ ބޮޑު އަދަދެއް ބަހާ ފުރަތަމަ ފަހަރެވެ. އެ ރިސޯޓުން މިދިޔަ މަހު ވެސް ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 2،097 ޑޮލަރު ބަހާފައިވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓާ ޗެއިން ހިލްޓަން އިން ހިންގާ އެ ރިސޯޓުގެ މިދިޔަ މަހުގެ އޮކިއުޕަންސީ ހުރީ 90 ޕަސެންޓަށް ވުރެ މަތީގައި ކަމަށް އިތުބާރުހުރި ގޮތަކަށް އެނގިފައިވެ އެވެ.

މާލެ އަތޮޅުގައި ހިންގާ އަގުބޮޑު ރިސޯޓު ވޯލްޑޮފް އެސްޓޯރިއާ އިތާފުށި.

ހިތްގައިމު ރީތި އަދި ޖާގަ ތަނަވަސް ކޮށް ހަދާފައިވާ 125 ވިލާ ހިމެނޭ އެ ރިސޯޓުގެ ވިލާ އެއް ވިއްކަނީ ރެއަކަށް 5000 ޑޮލަރަށް ވުރެ މަތިންނެވެ. މީގެ އިތުރުން ރެއަކަށް 100،000 ޑޮލަރަށް ވުރެ ބޮޑު އަގުގައި ވިއްކާ ހަތް ވިލާ އެކުލެވޭ 32،000 އަކަމީޓަރުގެ ބޮޑު ޕްރައިވެޓް އައިލެންޑެއް ވެސް އެ ރިސޯޓާއެކު ހިންގަ އެވެ.

ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ އެއް ރިސޯޓުގައި އާދައިގެ މަތިން މިފަހަރު ވެސް ޗުއްޓީ ހޭދަކުރި މީހުންގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންނާއި މަޝްހޫރު ސެލެބްރިޓީން ހިމެނެ އެވެ.

މާލެ އަތޮޅުގައި ހިންގާ އަގުބޮޑު ރިސޯޓު ވޯލްޑޮފް އެސްޓޯރިއާ އިތާފުށި.

މި ރިސޯޓުގައި މީގެ ކުރިން ޗުއްޓީ ހޭދަކުރި މަޝްހޫރު މީހުންގެ ތެރޭގައި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު ބިން ހަލީފާ އަލް ތާނީ އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަދި ޓުވިޓާގެ ކުރީގެ ވެރިޔާ ޖެކް ޑޯސޭ އާއި މަޝްހޫރު ލަވަކިއުންތެރިޔާ ބިޔޯންސޭ ފަދަ ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީން ހިމެނެ އެވެ.

މިފަހަރުގެ އާ އަހަރާ ދިމާކޮށް އިންޑިއާގެ މަޝްހޫރު ބިލިއަނަރު މުކޭޝް އަމްބާނީ އާއި އާއިލާ ރާއްޖެ އައިސްފައިވެ އެވެ. އޭގެ އިތުރުން އަމްބާނީގެ ދަރިފުޅު އަނަންތު އަމްބާނީ މިމަހުގެ 17 އިން ފެށިގެން އެ ރިސޯޓުގައި އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ.

މާލެ އަތޮޅުގައި ހިންގާ އަގުބޮޑު ރިސޯޓު ވޯލްޑޮފް އެސްޓޯރިއާ އިތާފުށި.

ގަތަރުގެ މަހުޖަނުންތަކެއް ހިއްސާވެގެން އުފެއްދި އިތާފުށި އިންވެސްޓްމަންޓުން ތަރައްގީކޮށް ހުޅުވި މި ރިސޯޓަކީ ބީއެމްއެލް އާއި ދިރާގު ފިޔަވައި ރާއްޖޭގައި އެންމެ ގިނައިން ޓެކްސް ދައްކާ ރިސޯޓެވެ.