ދިޔަވަރު ހިކިފައި ވަނިކޮށް ބ. ފުޅަދޫގައި މޫދަށް ފުންމާލި ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުޅަދޫގައި ޗުއްޓީ ހޭދަކުރަން ދިޔަ ޔޫކްރެއިންގެ އުމުރުން 62 އަހަރުގެ ފިރިހެނަކު އެރަށު ފާލަން މަތިން ދިޔަވަރު ހިކިފައި ވަނިކޮށް މޫދަށް ފުންމާލި ވަގުތު މޫދު އަޑީގައި ބޯޖެހި މަރުވަފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:45 ހާއިރު ލިބިފައިވާ ކަމަށެވެ.
އެމީހާގެ ހަށިގަނޑު ފުޅަދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވަފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
ފުޅަދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެ ހާދިސާ ހިނގި ވަގުތު މަރުވި ފަތުރުވެރިޔާގެ އަންހެނުން ވެސް އެ ސަރަހައްދުގައި ހުރި ކަމަށެވެ.
"ގްރީން ޓީ"އަކީ ހަޖަމު ކުރުމުގެ މައްސަލަތަކަށް ފަރުވާއެއް ތަ؟
ކުޑަކޮށް އަނދާފައި ހުންނަ ކާބޯތަކެތި ކެއުން ރައްކާތެރި ތަ؟
މާބަނޑުވުން: އާއްމު ކުށްހީތަކާއި އޭގެ ހަގީގަތް!
