"ރާޔާ މާލެ" ނަމުގައި ހިންގާ ޕޭޖަކުން ބޮޑު ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވާން ފުލުހުން މިއަދު އެދިއްޖެ އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ ޖުވެލަރީ ފިހާރައަކަށް ހެދިގެން އެ ޕޭޖުން ސްކޭމްގެ މަޅީގައި މީހުން ޖައްސަނީ 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ދޭ ކަމަށް ކަސްޓަމަރަށް ދައްކައިގެން ކަމަށެވެ.
ނަމަވެސް ސްކޭމްކުރާ ޕޭޖުން ކަސްޓަމަރު އެއްޗެއް ގަންނަން ބޭނުންވެއްޖެ ހިނދެއްގައި، ފައިސާ ދެއްކުމަށް ފޭކް ލޮގިން ޕޭޖެއް ދައްކައި، ބެންކް އޮފް މޯލްޑިވްސްގެ ޔޫޒާ އަދި ޕާސްވޯޑް އަތުލާ ކަމަށެވެ.
"މި ވެބްސައިޓަކީ ކާޑުގެ މައުލޫމާތުގެ އިތުރުން ތިޔަފަރާތުގެ އިންޓަނެޓް ބޭންކިން ކްރެޑެންޝަލްސް ވަގަށް ނެގުމަށް ހިންގަމުންދާ ސްކޭމެއް،" ފުލުހުން ބުންޏެވެ.
މިގޮތުން އެ މައުލޫމާތު ބޭނުންކޮށްގެން ސްކޭމަރުން އިންޓަނެޓް ބޭންކިންއަށް ވަދެ، އެކައުންޓުގައި ހުރި ފައިސާ ފޭރިގަންނަން މަސައްކަތް ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބޭންކަށް ވަނުމަށް އެއްވެސް ވެބްސައިޓެއްގައި ދީފައިވާ ލިންކަށް ނުފިއްތުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި އޯޓީޕީއަކީ އެކައުންޓުން ފައިސާ ފޮނުވުމަށް ދެވޭ "ކޮޅު" ކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށް ފުލުހުން ބުންޏެވެ. މީގެއިތުރުން އެއްވެސް ލިންކެއްގައި އޯޓީޕީ ނުޖަހަން ވެސް ފުލުހުން ވަނީ އެދިފަ އެވެ.
"ރާޔާ މާލެ" ނަމުގައި ހިންގާ ވެބްސައިޓުގައި މައުލޫމާތެއް ޖެހިފައިވާނަމަ، ލަސްނުކޮށް ބޭންކަށް ގުޅައި އެކައުންޓާއި ކާޑު ބްލޮކް ކުރުމަށް އެދެންޖެހޭ ކަމަށެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސްކޭމްގެ ކުށްތައް ދަނީ ހިންގަމުންނެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖެއަށް
ވަތަނީ ހިދުމަތުގެ 2 ވަނަ ބެޗުގެ ބައިވެރިން ތަންރީނުތަކަށް
ސައިންޓިފިކް ގޮތުން ވެސް ދީޕިކާގެ ރީތިކަމަށް އެއްވަނަ!
