ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ނަގާ ފީތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން 50 އިންސައްތަ ކުޑަކޮށްފި އެވެ.
މިކަން ހާމަކޮށް އެމްއެފްޑީއޭއިން ކުރި އިއުލާނުގައި ބުނީ 50 އިންސައްތަ ކުޑަކުރަން ނިންމީ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ރަޖިސްޓްރީ ކުރުމުގައި އެ އޮތޯރިޓީން ނަގަމުންދާ ރަޖިސްޓްރޭޝަން ފީ އާއި ކެޓަގަރީ ފީ ކަމަށެވެ.
މިގޮތުން ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ އާއި ކެޓަގަރީ ފީ ކުޑަވާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވާ ދަނޑިވަޅެއްގައި ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ނަގާ ފީ ކުޑަކުރި ސަބަބެއް އެމްއެފްޑީއޭއިން ހާމަކޮށްފައެއް ނުވެ އެވެ.
ސައުދީގެ އެއާޕޯޓަށް ދިން ހަމަލާގައި ތިން މީހުން މަރުވެއްޖެ
ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
ކުރީގެ ބައިވެރިޔާގެ ސޯޝަލް މީޑިއާ ބަލަންތަ؟ ހުއްޓާލާނެ 5 ގޮތެއް!