ކައުންސިލް އިންތިހާބުގައި ވާދަކުރަން 50 މީހުންގެ ތާއީދު އީފާސް މެދުވެރިކޮށް ހޯދުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ ގާނޫނީ ވަކީލު އާދަމް އާސިފް ހުށަހެޅުއްވި މައްސަލަ ބަލައި ނުގަންނަން ހައިކޯޓުން ނިންމައިފި އެވެ.
ހައިކޯޓްގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ ސޮއިކުރައްވައި ނިންމެވި ނިންމުމުގައި ވަނީ އީފާސް މެދުވެރިކޮށް ތާއީދު އޮތް ކަން ހާމަކުރުން ގާނޫނާ ހިލާފުވާގޮތެއް އާސިފް ހުށަހެޅި މައްސަލާގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރާއްޖޭގައި މިއަދު ގާނޫނު އަސާސީގެ ދަށުން ހުވާކޮށްގެންތިބެ އެ ގާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބުނާފަދަ ވަކި ފަރާތަކަށްނުޖެހޭ ޖުޑިޝަރީ އެއް ނެތްކަން ފެންނަމުންދާ ކަމަށެވެ.
ހައި ކޯޓުން މައްސަލަ ބަލައި ނުގަނެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ފަހަނަޅާ ދާންދެން ތިބީ ކީއްވެތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ.
މައްސަލަ ބަލައި ނުގަންނަން ނިންމި ނިންމުމުން ފެންނަން އޮތީ ބޮޑު ހުކުމެއް ކަން ފާހަކަކުރައްވައި އެމަނިކުފާނު ވަނީ ދެފަރާތުގެ ވާހަކަތައް އަޑުނާހާ އެގޮތަށް ނިންމުމެއް ނިންމިދާނެތޯ ސުވާލު އުފައްދާފަ އެވެ.
ހައިކޯޓަކީ އިލެކްޝަންސް ކޮމިޝަނުގެ ދިފާއީ ވަކީލުތޯ ވެސް އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.
އިލެކްޝަންސް ކޮމިޝަނާއި ހައިކޯޓުން އަމަލުކުރަމުންދަނީ ގާނޫނުގައި އޮތްގޮތަކަށް ނޫން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ފެންނަމުން މިދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބާރު ޖުޑީޝަރީގައި އޮތް މިންވަރު ކަމަށެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 15 ޒުވާނުން ނިންމައިފި
ރާއްޖޭގެ ސަރަހައްދުން ލަންކާގެ ދެ މަސް ބޯޓެއް އަތުލައިގެންފި
އެކްސްކަވޭޓަރު އޮޕަރޭޓްކުރީ ބަލަންވާވަރަށް ނުބަލައި: ފުލުހުން
