މިވަގުތު ހޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ޖަސްޓިން ބީބާއާއި ސެލީނާ ގޯމޭޒްގެ ނަން ހިމެނޭނެ އެވެ.
އެ ދެތަރިންނަކީވެސް އެމީހުންނަށް ލިބިފައިވާ ހުނަރުވެރިކަމުން އަމިއްލައަށް ކާމިޔާބީއާ ހަމައަށް ވާސިލްވި ދެ ތަރިންނެވެ. ދެތަރިން ވެސް ވަނީ ބެލުންތެރިންނަށް ކުޅަދާނަ މަސައްކަތްތައް ގެނެސްދީ، އާންމުންގެ ލޯބި ހޯދާފަ އެވެ.
ހަމައެހެންމެ ސެލީނާ އާއި ޖަސްޓިންގެ ލޯބީގެ ވާހަކަ އަކީވެސް ނޫސްތަކުގެ ފަލަ ސުރުހީގައި އެތައް އަހަރުތަކެއް ވަންދެން ހުރި ވާހަކަތަކެކެވެ.
އެދެތަރިން އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅުނީ 2011 ވަނަ އަހަރުގަ އެވެ. އަދި އޭގެ ފަހުން 2018 ވަނަ އަހަރާއި ހަމައަށް އެދެތަރިންގެ ލޯބީގެ ގުޅުން އެކި ފަހަރުމަތިން ކެނޑުމަށްފަހުން އަލުން ގުޅުނު ކަމުގެ ހަބަރު ފެތުރިފައިވެ އެވެ.
އެހެންނަމަވެސް އެދެތަރިންގެ ގުޅުން ސެލީނާ އާއި ޖަސްޓިން ސިފަކޮށްފައިވަނީ އެމީހުންނަށް ނަފްސާނީ ގޮތުން ގެއްލުން ކުރުވި ގުޅުމަކަށެވެ. މައްސަލަ އެންމެ ބޮޑަށް ގޯސްވާން ފެށީ، ސެލީއާއާ އެކު އުޅެމުން ޖަސްޓިން އޭނާއަށް ބޭވަފާތެރިވާން ފެށުމުންނެވެ. އަދި އެކަމަށް މާފު ކޮށް، އެކީގައި އުޅެން ސެލީނާ ވަރަށް މަސައްކަތް ކުރިކަމަށްވެ އެވެ.
ނަމަވެސް މިހާރު ދެތަރިންވެސް ވަނީ އިތުރަށް އެ ގުޅުން ކުރިއަށް ނުގެންދަން ނިންމާފަ އެވެ. ޖަސްޓިން އޭނާގެ ކުޑައިރުގެ ލޯބިވެރިއެއް ކަމަށްވާ ހެއިލީ ބޯލްޑްވިންއާ ކައިވެނިކޮށްފައިވާއިރު ސެލީނާގެ ލޯބީގެ ހަޔާތާ ބެހޭ އަޑުތައް ވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން ސްކޭނަރެއް ގެންނަނީ
ގަދަ ކުލަތަކުގެ ލިޕްސްޓިކްތައް މާ ކަމުދޭ ދޯ؟
ސައުދީ އަރަބިއްޔާގައި ޖަމަލުތަކަށް ޕާސްޕޯޓު ދޫކުރަނީ