އިންޒާރުގެ މެސެޖަކާއެކު ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރު ސިންހްއާއި ދީޕިކާ ޕަދުކޯންގެ ގޭގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ދެ ތަރިންގެ ގޭގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި މިވަނީ ފައިސާ ހޯދަން ކަމަށް ބުނެ ރަންވީރަށް ލިބުނު އިންޒާރެއްގެ ކޯލަކަށްފަހު އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާއިރު ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު އެ ދެމަފިރިން މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅާފަ އެވެ.
އެގޮތުން މުމްބާއީގައި ހުންނަ އެމީހުންގެ ގޭގެ ކައިރީގައި ބަރު ހަތިޔާރާއެކު ހަ އޮފިސަރުން މިހާރު ހަރަކާތްތެރިވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދާއިރު ވަޓްސްއެޕް މެދުވެރިކޮށް ރަންވީރަށް އެ މެސެޖު ފޮނުވީ ކާކު ކަމެއް އަދި ދެނެގަނެވިފައެއް ނުވެ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު ރަންވީރު އެންމެ ފަހުން ފެނިގެންދިޔައީ ކާމިޔާބު ފިލްމު "ދުރަންދަރު" އިންނެވެ. ދީޕިކާގެ އެންމެ ފަހުން ނެރުނު ފިލްމަކީ "ސިންގަމް ރިޓާންސް" އެވެ.
އުމުރުން 50ން މަތިވުމުން ކަސްރަތުގެ މުހިއްމުކަން ބޮޑުވޭ!
އެމްޕީއެލް އިން ބޯނަސްގެ އިތުރުން އިތުރު އިނާޔަތް ދެނީ
ރޯގާގެ އަސަރު އެކި މީހުންނަށް އެކި ވަރަށް ކުރަނީ ކީއްވެ؟