ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ. މި ޕްރޮމޯޝަންގެ ދަށުން، ދިރާގު ކަސްޓަމަރުންގެ ހާއްސަ ފަރާތްތަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް މި ރަމަޟާން މަހު ކުރިއަށް ގެންދިޔަ މަގުބޫލު "ކާށި ބިނުން" ޕްރޮމޯޝަނަށް ލިބުނު ތަރުހީބަށް ފަހު، އެ ޕްރޮމޯޝަންގެ އިތުރު ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ. މި ގޮތުން، އީދު ދުވަހުން ފެށިގެން ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން ފަސް މީހަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން ކާށި ބިނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ހަދިޔާތައް ދިރާގުއެޕް މެދުވެރިކޮށް 20 އިން 26 މާރިޗުގެ ނިޔަލަށް މުޅިން ހިލޭ ފޮނުވޭނެ އެވެ.

މި ގޮތުން، ޕްރިޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތައް، ކޮންމެ މަހަކަށް 1ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ އެވެ. އަދި، ކޮންމެ މަހަކު ލިބޭ ޑޭޓާ 5 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެއެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. މި ޑޭޓާ 24 ގަޑިއިރަށް ބޭނުންކުރެވޭނެ އެވެ.

އީދު ހަދިޔާ ފޮނުވުމުގެ އިތުރުން، މި ޕްރޮމޯޝަން މެދުވެރިކޮށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ދިރާގުން ވަނީ ހުޅުވައިލައިފަ އެވެ. މި ގޮތުން، ހަދިޔާ ފޮނުވައިގެން ބިންނަ ކޮންމެ ކާށްޓަކަށް، ހަދިޔާ ފޮނުވާ ކަސްޓަމަރަށާއި ހަދިޔާ ލިބޭ ކަސްޓަމަރަށް ވެސް ފަސް ރަން ޓިކެޓު ލިބިގެންދާނެ އެވެ. މި ރަން ޓިކެޓުތަކުގެ އެހީގައި އަގުހުރި އިނާމުތައް ހޯދުމުގެ ގުރުއަތުގައި ބައިވެރިވެ، އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު އިތުރުކުރެވޭނެއެވެ. އަދި، ފަސް ކާށި ބިނދެގެން ރަން ކާށްޓެއް ބިނދެ، 50 ޓިކެޓް ހާސިލުކުރެވޭނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައަޅައިފައިވާ ހާއްސަ އިނާމުތަކަކީ:

  • އެޕަލް މެކްބުކް
  • ނިއޯނެސްޕްރެސޯ ސިޓިޒް ކޮފީ މެޝިނެއް، ކޮފީ ޕޮޑްސްއާއެކު
  • ސޮނީ ޒީވީ-އީ10 ޑީއެސްއެލްއާރް ކެމެރާ
  • އެމެޒޯން އެލެކްސާ އެކޯ ޑޮޓް (ފިފްތު ޖެން)
  • އެޕަލް އެއާޕޮޑް މެކްސް
  • ޓީޓީ ރޭސިންގް އެއާ ފްލެކްސް ގޮނޑި
  • ޓީޓީ ރޭސިންގް ސްމާޓް ޑެސްކް

ދިރާގުން ދަނީ އެކި މުނާސަބަތުތަކަށް ހާއްސަކޮށްގެން ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދީ، އެއްބައިވަންތަކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ތަފާތު ޕްރޮމޯޝަންތައް ހިންގައި އަގުހުރި އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.