މިއަހަރުގެ ރަމަޟާން މަސް ނިމި އީދު ފާހަގަ ކޮށްފީމު އެވެ. އެހެން ނަމަވެސް ރޯދަ މަސް ނިމުމަކީ ހެޔޮ ކަންތައް ކުރުން ނިމުން ނޫން ކަން ހަނދާން ކުރަންޖެހެ އެވެ.
އެގޮތުން ކުރިއަށް ދެން އޮތީ ޝައްވާލު މަހުގެ ހަ ރޯދަ އެވެ. މި ރޯދަތަކަކީ އެ ރޯދަތައް ހިފުމަށް އިތުރު ރަސޫލާ ބާރު އަޅުއްވާފައިވާ ރޯދަތަކެކެވެ. މި ލިޔުމުގައި މި ބަލާލަނީ ޝައްވާލު މަހުގެ ހަ ރޯދަ މުހިއްމުވާ ތިން ސަބަބަށެވެ.
މުޅި އަހަރު ރޯދަ ހިފުމުގެ ޘަވާބު!
ކީރިތި ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ވާ ގޮތުން ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު ޝައްވާލު މަހުގެ ހަ ރޯދަ ހިފައިފި މީހަކު މުޅި އަހަރު ރޯދަ ހިފި ފަދަ އެވެ.
ރަމަޟާން މަހުގެ ރޯދަތަކުގެ އުނި ކަންކަމަށް ކައްފާރާއެއް!
ރަމަޟާން މަހުގެ ރޯދަތައް ހިފުމުގައި އަޅުތަކުންނަށް ކުރެވިފައިވާ ކުދި ފާފަތައް ފަދަ ރޯދައަށް އުނިކަން ލިބޭ ކަންކަމުގެ ކައްފާރާއެއްގެ ގޮތުގައި ޝައްވާލު މަހުގެ ހަ ރޯދަ ބެލެވެ އެވެ.
މާތް ﷲއަށް ޝުކުރުވެރިވުމަށް މަގެއް!
ފާއިތުވެ ދިޔަ ރަމަޟާން މަހުގެ ރޯދަ ހިފުމުގެ ތައުފީގު ދެއްވި ކަމަށްޓަކައި މާތް ﷲއަށް ޝުކުރުކޮށް އެކަލާނގެއަށް ހަމްދު ދެންނެވުމަށްޓަކައި ވެސް ޝައްވާލު މަހުގެ ހަ ރޯދަ މުހިއްމުވެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން 4 ފިޔަވަޅެއް!
ޓްރަމްޕާ ވައްތަރު މީގޮނު ހިމާޔަތްކޮށް ޒުލަށް ލައިފި
2039 ވަނަ އަހަރު މުސްލިމުންނާ 3 އީދު ބައްދަލު ކުރާނެ!