އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ދަތުރުތައް މެދުކަނޑާލި އެއާލައިންތަކުން އަލުން ދަތުރުތައް ފަށަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ހަނގުރާމައާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު އެކުލަވާލި ވަޒީރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާއެކު އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ވަގުތީ ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، ސަރުކާރުން ކުރި މަސައްކަތުން ފާހަގަކުރެވޭ ފަދަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ ހަފްތާއިން ފެށިގެން އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުވެ، އެވްރެޖްކޮށް ދުވާލަކު ދެ ފްލައިޓް މިހާރު ރާއްޖެއަށް އަންނަމުންދާކަން މިނިސްޓަރު ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުން ފެށިގެން ގަތަރު އެއަރވޭސްއިން ދުވާލަކު އެއް ފްލައިޓް އޮޕަރޭޓްކުރަން ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. އަދި ބެލަރޫސްގެ ބެލޭވިއާ އެއާލައިންގެ ދަތުރުތައް ފެށުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ވަނީ ނިމުމުގެ މަރުހަލާގައި ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ވިޔަފާރި އާއި އެ ނޫންވެސް ބޭނުންތަކުގައި ދަތުރުފަތުރުގެ އާ ރޫޓްތައް ޤާއިމުކުރަން ޖެހޭ ޙާލަތްތައް ދެނެގަނެ، އެކަން ފަހިކުރުމަށްވެސް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދިރާގުން ދޭ ފަހު ބޯޓު ހޯދުމަށް އެންރޯލްކުރުމަށް ބާކީ 3 ދުވަސް!
މާ ގިނައިން ނިދާނަމަ ދިފާއީ ނިޒާމު ބަލިކަށިވެ ބަލިތައް ޖެހޭ!
ލަމްހާ އާއި މާވިންގެ މައްސަލާގެ ހުކުމް އަންނަ މަހު އިއްވަނީ
