މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށްފަހު ތަކެތީގެ އަގު ބޮޑު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދޮގު ކުރައްވައިފި އެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ރައީސް އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ، އިންތިހާބަށްފަހު ތަކެތީގެ އަގުބޮޑުވާނެ ކަމަށް ދެކެވޭ ވާހަކައަކީ ސިޔާސީ ވާހަކައެއް ކަމަށެވެ.
"އިންތިހާބުގެ ފަހުން [ތަކެތީގެ] އަގު ބޮޑުވާނެ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން، އަޅުގަނޑުމެންނާ މިވަގުތު ހިޔާލު ތަފާތު ފަރާތްތަކުން، އެ ދައްކާ ވާހަކަފުޅުތަކަކީ ސިޔާސީ ވާހަކަފުޅުތަކެއް. އެއީ މާކެޓަކާ ގުޅުން ހުރި ވާހަކަތަކެއް ނޫން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރައްުޔިތުންގެ އަސާސީތަކެތީގެ އަގު ބޮޑުކުރުމަކީ މި ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ތެލާއި ގޭހުގެ އަގަށް ބަދަލުތައް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކަމަށް ބުނެ ކައުންސިލް އިންތިހާބު ނިމުމާއެކު ޕީޖީ އޮފީހުގެ މަސައްކަތު ވަގުތު ކުރުކޮށް، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.
ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މިހާރު ވެސް ވަނީ ބައެއް މީހުން ވަޒީފާއިން ވަކިކުރަން ފަށާފަ އެވެ.
ރިޓަޔާ ކުރަން ފަރުހާދު ފިކުރީއަށް ރައީސް މުއިއްޒު އަންގަވައިފި
މެދުއިރުމަތީ އެންމެ ބޮޑު ޕެޓްރޯކެމިކަލް ކުންފުންޏަށް ހަމަލަ ދީފި
އެމްޕީއެލްގެ އެމްޑީ ރިޝްވާން އިސްތިއުފާދެއްވައިފި
