ގއ. މާމެންދޫން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެ ރަށު ކައުންސިލުން ބުނި ގޮތުގައި އެންމެ ފަހުން، ޕޮޒިޓިވްވެފައި ވަނީ މާލެ އިން އެރަށަށް މި މަހުގެ 13 ވަނަ ދުވަހު ގޮސް ކަރަންޓީންވެގެން ތިބި މީހުން ކަމަށެވެ.
އެމީހުންގެ ރިލީސް ސާމްޕަލް ނެގި އިރު، ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެ ރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މީހެއް ވެސް ހިމެނެއެވެ. އެއީ މި ބަލީގައި ރިސްކް ބޮޑު ދެ މީހުންގެ ގޮތުގައި ވަނީ ބެލެވިފައެވެ. ދެން ޕޮޒިޓިވްވި ތިން މީހުންގެ އުމުރު އުޅެނީ 20 އަހަރާއި 30 އަހަރާއި ދެމެދެވެ.
މި ހުރިހާ އެންމެންނަކީ ވެސް އެއް ގެއެއްގައި ކަރަންޓީންގައި ތިބި ބައެކެވެ. މީގެ ކުރިން އެ ރަށުން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 9،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. މި ބަލީގައި 34 މީހަކު ވަނީ މަރުވެފަ އެވެ.