ބޮލީވުޑްގެ މަޝްހޫރު ޖޯޑު ރަންވީރު ސިންހްއާއި ދީޕިކާ ޕަދުކޯންގެ އާއިލާއަށް އާ މެމްބަރަކު އަންނަން އުޅޭކަން އެ ދެމީހުން އިއުލާން ކޮށްފި އެވެ.
ރަންވީރާއި ދީޕިކާގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކުރި ލޯބި ޕޯސްޓެއްގައި ދީޕިކާ ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން ވަނީ ޔަގީން ކޮށްދީފަ އެވެ.
އެ ޕޯސްޓުގައި ފެންނަނީ އެ މީހުންގެ ފުރަތަމަ ދަރިފުޅުގެ އަތުގައި ދީޕިކާގެ ޕްރެގްނެންސީ ޓެސްޓް ކިޓް އޮއްވަ އެވެ. އެ ކިޓުން ދެ ރޮނގު ފެންނައިރު އެއިން ރަމްޒު ކޮށްދެނީ ދީޕިކާ ބަނޑުބޮޑު ކަމެވެ.
2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މި ދެމަފިރިންނަށް ވަނީ ފުރަތަމަ ދަރިފުޅު 'ދުއާ ޕަދުކޯން ސިންގް' ލިބިފަ އެވެ. ދުއާ އުފަންވިތާ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް ފަހުން، ދެވަނަ ދަރިފުޅަކު ލިބެން އުޅޭކަން އިޢުލާން ކުރުމުން ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް އުފާވެފަ އެވެ.
މި އުފާވެރި ޚަބަރާއެކު، ބޮލީވުޑްގެ މަޝްހޫރު ފަންނާނުންނާއި، ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި އެމީހުންގެ ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި މަރުޙަބާގެ މެސެޖުތައް ފޮނުވަމުންނެވެ.
ދީޕިކާ އާއި ރަންވީރު ކައިވެނި ކުރީ 2018 ވަނަ އަހަރު އިޓަލީގަ އެވެ. އޭގެ ފަހުން މި ދެ ތަރިންނަކީ ބޮލީވުޑްގައި އެންމެ ނަމޫނާ އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ޖޯޑުގެ ގޮތުގައި ފާހަގަކުރެވޭ ބައެކެވެ.
އާއިލީ ޒިންމާތަކާއެކުވެސް ދީޕިކާ އާއި ރަންވީރު ދަނީ އެމީހުންގެ ފިލްމީ މަސައްކަތްތަކުގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. މި އާ މެންބަރާއެކު އެމީހުންގެ އާއިލާއަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެންމެންވެސް ގަބޫލުކުރެ އެވެ.
"ގަދަ" ކަސްރަތުން 8 ބައްޔަކުން ރައްކާތެރި ކޮށްދޭ!
މުޒާހަރާގެ ތެރެއިން ސޯފާއެއް ފުލުހުންގެ ބެލުމުގެ ދަށަށް