ހައިސިއްޔަތާއި މަގާމުގެ ބާރުތަށް އެންމެ ކުޑަކޮށް ދެވިފައިވާ ސިޔާސީ މުވައްޒަފު ވެސް ބުނަމުންދަނީ ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދާ ލަފާފުޅުގެ މަތިން މަސައްކަތް ކުރައްވާ ވާހަކަ އެވެ. އަދި ރައީސް އާއެކު "ގަދަކޮށް" ހުންނަ ވާހަކަ އެވެ. ގައުމުގެ މައި ވިޔަފާރި ބަނދަރު ހިންގުމާ ހަވާލުވެ ތިބި މީހުން ވެސް ބުނަމުންދަނީ މިހެންނެވެ. އެހެން ކަމަށްވާ ނަމަ ވިޔަފާރިވެރިން މިއަދު އެ އުފުލާ ތަކުލީފު އުފުލަމުން އެދަނީ ރައީސްއަށް އެނގިވަޑައިގެންނެވެ.
ކޮންޓެއިނަރު ބޯޓަކުން ކޮންޓެއިނަރު ހުސްކުރުމަށް އެވްރެޖްކޮށް މިހާރު 17 ދުވަސް ނަގަ އެވެ. ބާޒާރުގައި ބައެއް ބާވަތުގެ މުދާ އަގު ބޮޑުވެފައި ހުރީ ދުނިޔޭގެ ބާޒާރުގައި އަގުބޮޑުވެގެން ނޫނެވެ. ރާއްޖޭގެ ވިޔަފާރި މައި ބަނދަރުގެ ތަކުލީފުތައް ބޮޑުވެ، މުދާ ނުބޭލި މުދާ ހުސްވުމުގެ ސަބަބުން ވެސް އެތައް ބާވަތްތަކެއްގެ އަގު މަތިވެއްޖެ އެވެ.
މޫސުމީ ބައެއް މޭވާއާ ތަރުކާރީގެ އަގު ބިނާވެފައި އޮންނަނީ އެ ތަކެތި ހައްދާ ގައުމުތަކުން އެ ހޯދައިގެން ލިބޭ އަގުތަކެއްގެ މައްޗަށް ކަމަށް ވިޔަސް ދުނިޔޭގެ ބާޒާރުގައި އެއް މިންވަރެއްގައި އަގު ހިފެހެއްޓިފައި ހުރި އެތައް މުދަލެއް ވެސް ރާއްޖޭގައި ވިއްކަން ޖެހިފައި ވަނީ ނުހަނު ބޮޑުއަގުގަ އެވެ.
މުދަލުގެ އަގު ބޮޑުވުމުގައި ޑޮލަރުގެ ދަތިކަން
މި އޭޕްރީލް މަހުގެ 19 އިން ފެށިގެން ބައެއް ވިޔަފާރިތަކަށް ޑޮލަރު ދޫކުރުން ކުރިޔަށް ވުރެ ވެސް ބޮޑަށް ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. މުދާ ގެނައުމަށްޓަކައި ޓީޓީ ހެދުން މި މަހުގެ ނިޔަލަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެ ވިޔަފާރިތަކަށް ދަނީ އަންގަމުންނެވެ. ނަމަވެސް މިކަން ބީއެމްއެލް އިން ދޮގު ކުރެ އެވެ.
ބީއެމްއެލް އިން މިއަދު ބުނީ ކުރިން ވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުންދާ ކަމަށެވެ. އެގޮތުން މިމަހުގެ ތެރޭގައި ވެސް ޓީޓީ އަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރަށް ދެވޭނެ އެންމެ ބޮޑު އަދަދަކަށް ވާނީ ޑޮލަރު ވިއްކާފައި ކަމަށް އެ ބޭންކުން ބުންޏެވެ.
ގައުމުގެ ހުރިހާ ތަނެއްގެ ކޮންޓްރޯލް އޮތީ ރައީސް މުއިއްޒުގެ މުށު ތެރޭގަ އެވެ. އެހެންކަމުން މި ހާލަތަށް ބާލާއިރު ވިޔަފާރި ބަނދަރު ހިންގާ ކުންފުނި ބޮއްސުންލައި، ވިޔަފާރިވެރިން ގެންނަ މުދާ ނުބޭލި އެތައް ދުވަހެއް ހޭދަވުމަކީ ބޮޑު ގެއްލުމެކެވެ. މިކަމުގެ ޒިންމާ ނަގަން ޖެހެނީ ސަރުކާރުގެ އެންމެ އިސްވެރިޔާ ރައީސް އެވެ.
މިހާ ހިސާބުން ވެސް މުދަލުގެ އަގު ބޮޑުވުން ގޮސް މި ގުޅެނީ ސީދާ ރައީސުލް ޖުމްހޫރިއްޔާއާ އެވެ.
ދެވަނަ ދަރިފުޅަށް ދީޕިކާ ބަނޑުބޮޑު!
އެއްބަސްވުމަކަށް ނައިސްފިނަމަ އީރާން ގޮއްވާލާނެ ކަމުގެ އިންޒާރު
އެމެރިކާއާއެކު މަޝްވަރާއަށް ދިއުމާ މެދު ގޮތެއް ނުނިންމަން: އީރާން