މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ ބަދަލުގައި 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީއަށް މެންބަރުން ހަމަޖައްސައިފި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ 241 ކޮމިޓީއަށް ނާޒިމްގެ ބަދަލުގައި ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ހަމަދު އަބްދުﷲ ހަމަޖައްސާފައިވާ ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީއަށް މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ޒަމީރު ހަމަޖައްސާފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ނާޒިމް ހަމަޖެއްސީ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމިޓީއަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ ކޮމިޓީގައި ކުރިން އިންނެވި ފުނަދޫ ދާއިރާގެ މެމްބަރު އަހުމަދު މަމްދޫހް ވަނީ ކޮމިޓީން ވަކިކޮށްފަ އެވެ.
މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީއަކީ މަޖިލިހުގައި ހިމެނޭ 10 އަށް ވުރެ ގިނަ ކޮމިޓީތަކުގެ ތެރެއިން އެންމެ ބާރުގަދަ ދެ ކޮމިޓީއެވެ.
އާރަދްޔާގެ ފަރާތުން ފިލްމު ރިވިއުސް ހޯދަން އަބީޝޭކް ބިރުގަނޭ!
ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ދަރިވަރަކު މަރުވެއްޖެ
އިޒްރޭލާއި އެމެރިކާއަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު
