ކެނެޑާ (05 މެއި) - ކެނެޑާގައި 12 އަހަރުން މަތީ ކުޑަކުދިންނަށް ޖަރުމަނުގެ ބައޯންޓެކް ކުންފުނިން އުފައްދާ ފައިޒާ ވެކްސިން ދިނުން ހުއްދަ ކޮށްފި އެވެ.
މިއާއެކު އެ ގައުމުވެފައި ވަނީ މިހާ ހަގު އުމުރުފުރައަކަށް ފައިޒާ ވެކްސިން ޖަހަން ހުއްދަ ދިން އެންމެ ފުރަތަމަ ގައުމަށެވެ.
މިއީ ކެނެޑާއިން ކުޑަކުދިންނަށް ވެކްސިން ދިނުން ހުއްދަކުރި ފުރަތަމަ ފަހަރު ކަމަށާއި އެއީ އެ ގައުމުން ކޮވިޑް- 19 އާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ހެލްތު ކެނެޑާގެ ޗީފް މެޑިކަލް އެޑްވައިޒަރު ސުޕްރިޔާ ޝަރްމާ ވަނީ ބުނެފަ އެވެ.
ކޮވިޑް ވެކްސިން ގެ ކްލިނިކަލް ޓެސްޓުތަކުން ދައްކާގޮތުގައި ފައިޒާ ވެކްސިން އަކީ ބޮޑެތި މީހުންނާ އެއްވަރަށް ކުޑަ ކުދިންނަށް ވެސް ރައްކާތެރި ވެކްސިން އެކެވެ.
ކެނެޑާއަކީ އެމެރިކާގެ ގައުމުތަކުގެ ތެރެއިން ކޮވިޑް ކޮންޓްރޯލް ކުރުމަށް އެންމެ ކާމިޔާބު ފިޔަވަޅުތައް އަޅާފައިވާ އެއް ގައުމެވެ.-- އަލް އަރަބިއްޔާ
މެޑޯނާގެ ބައޮޕިކް ފިލްމުގެ މަސައްކަތް ހުއްޓުނީ ކީއްވެ؟
ޗައިނާގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެ އަތުވެއްޖެ
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ