"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ޝަރީއަތް ފަށައިފި އެވެ.
ފިޔާޒާއި ހަސަންގެ މައްޗަށް ކުރާ ގަޒްފު ކުރުމުގެ ދައުވާކުރަނީ އަދަދު ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ހިނގި އެއްވެސް ކަމެއް ވަކީލުން ހާމައެއް ނުކުރެ އެވެ. އަދި އެ ޝަރީއަތާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަން ކްރިމިނަލް ކޯޓުން ކުރިން އޮތީ އަމުރެއް ނެރެފަ އެވެ.
އެ އަމުރު ނެރެފައި ވަނިކޮށް ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ސުވާލުކުރި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަދި އެ އަމުރާ ގުޅޭ ހަބަރު ލިޔުނު ގޮތަކުން ނޫސްވެރިޔާ ލީވާން އަލީ ނަސީރު ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި, އެ ދެ މީހުން ޖަލަށްލާން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލާގައި ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.
އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް: ސައުދީ
މާ ދަންވަންދެން ހޭލާ އުޅޭނަމަ ހިތުގެ ބަލިތަކަށް މަގުފަހިވޭ!
"އަލްޓްރާ ޕްރޮސެސްޑް" ކެއުންތަކަށް ދެވި ހިފަނީ ކީއްވެ؟