ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ބޮލީވުޑްގެ ފިލްމު "ދުރަންދަރް 2" މިހާރު ދުނިޔޭގެ އެންމެ މަގުބޫލު އެއް ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްއިން ބަލާލެވޭނެ އެވެ.
މިފަހަރުގެ ރިލީޒްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މި ފިލްމު ނެޓްފްލިކްސްއަށް އަންނަނީ އޭގެ "ރޯ އެންޑް އަންކަޓް" ވާޝަންގައި ކަމަށް ވުމެވެ. މާނައަކީ ސިނަމާތަކުގައި ދެއްކި އިރު އުނިކޮށްފައިވާ ނުވަތަ ސެންސަރުކޮށްފައިވާ މަންޒަރުތައް ވެސް މި ވާޝަންގައި ހިމެނޭނެ އެވެ. މިއީ ފިލްމުގެ އަސްލު ރޫހާއި، އޭގެ ހަގީގީ ކުލަވަރު ބަލާލަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.
ނެޓްފްލިކްސް ފަދަ ބޮޑު ސްޓްރީމިންގް ޕްލެޓްފޯމެއްގައި މި ފިލްމު ރިލީޒްކުރުމުން، މިއީ ހަމައެކަނި ވަކި ސަރަހައްދަކަށް ހުޅުވާލެވޭ ފިލްމަކަށް ނުވާނެ އެވެ.
މުޅި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް އެއް ވަގުތެއްގައި މި ފިލްމު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ "ދުރަންދަރު"ގެ މަގުބޫލުކަން ބައިނަލްއަގުވާމީ ފެންވަރުގައި އިތުރުވެގެންދާނެ ކަމެކެވެ.
"ދުރަންދަރު 1" އަށް ލިބުނު ބޮޑު ތަރުހީބަށްފަހު، ދެވަނަ ބަޔަކަށް ކުރެވުނު އިންތިޒާރު މިވަނީ ނިމުމަކަށް އައިސްފައެވެ. މި ފިލްމަކީ އެކްޝަން، ތްރިލާ އަދި ވަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.
އެހެން ކަމުން މާ ގިނަ ދުވަހެއް ނުވެ ނެޓްފްލިކްސްގެ "ޓްރެންޑިންގް" ލިސްޓުގެ ވެސް އެންމެ ކުރިން މި ފިލްމު ޖާގަ ހޯދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.
އެހެންކަމުން، މާދަމާއަކީ "ދުރަންދަރު 2" ގެ ވަރުގަދަ އެކްޝަން މަންޒަރުތަކާއެކު ނެޓްފްލިކްސް ފޯރިގަދަވާނެ ދުވަހެކެވެ. އަމިއްލަ ގޭގައި ތިބެގެން، މި ފިލްމުގެ ފުރިހަމަ ވާޝަން ބަލާލުމަށް ތައްޔާރުވެލައްވާށެވެ.
ނިދަން އުނދަގޫތަ؟ އަރާމު ނިންޖަކަށް ޑޮކްޓަރުންގެ ދެ އިރުޝާދެއް!
ޝާހިލްގެ ޖަލު ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
އެމެރިކާއަށް އެއްވެސް އިތުބާރެއް ނެތް: އީރާން